-8402fff9.png)
މިރާޝް މޫސާ

މާޅެންދޫ ކައުންސިލް ފުޓްސަލް ޗެލެންޖުގައި ކަބަޓާން ފުޓްސަލް ޓީމުން ފެލްކޮންސްގެ މައްޗަށް ކުރި ހޯދައިފިއެވެ.
މިއަދު ހަވީރު މާޅެންދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މެޗުގައި ކަބަޓާން އެފްޓީއިން ފެލްކޮންސްގެ މައްޗަށް ކުރި ހޯދީ 4-2ގެ ނަތީޖާއަކުންނެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ކަބަޓާން އެފްޓީއިންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކެނދިކުޅުދޫގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އިބްރާހިމް އަލީމް (އަލިންޓޭ)އެވެ. އެހެން ނަމަވެސް, އޭގެ މާ ގިނައިރުތަކެއް ނުވެ ފެލްކޮންސްގެ ހަސަން އަބްދުއްރަހީމް (ޖާނު) ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ.
ފުރަތަމަ ހާފު ނިމުނީ 1-1އިން އެއްވަރުވެފައި އޮވެގެންނެވެ.
ދެވަނަ ހާފު ފަށައިގެން މާ ގިނައިރުތަކެއް ނުވެ ފުރަތަމަ ލީޑު ނެގީ ފެލްކޮންސްއިންނެވެ. އެ ލަނޑު ވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖާނުއެވެ.
އެ ލަނޑަށްފަހު ކަބަޓާން އެފްޓީގެ ފަރާތުން ގިނަ ހަމަލާތަކެއް އުފެއްދުމަށްފަހު އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދިނީ ނ. މާފަރުގެ އުންމީދީ ކުޅުންތެރިޔާ އައިހަމް ހަމްދޫން (އައިހަމްސްކީ)އެެވެ.
އެއަށްފަހު, ކަބަޓާންއަށް އަނެއްކާ ވެސް ލީޑު ނަގައިދިނީ އިބްރާހިމް ޒަޔާން ޖަހައިިދިން ލަނޑަކުންނެވެ. އެ ލަނޑަށްފަހު ކަބަޓާންގެ ލީޑު ފުޅާކޮށްދިނީ އައިހަމްސްކީގެ ގޯލަކުންނެވެ.
މެޗުގައި ދެ ލަނޑު ޖަހައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ކަބަޓާންގެ ޖޯޒީ ނަންބަރު 99, އައިހަމްސްކީއެވެ. އޭނާއަކީ ފުރަތަމަ ޑިވިޝަނުގައި ޓީސީއަށް ކުޅޭ ކުޅުންތެރިއެވެ އަދި ޖޫނިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ކުޅުންތެރިއެކެވެ.
މި މޮޅާއެކު ކަބަޓާން އެފްޓީއިން ވެސް ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވެ ފެލްކޮންސް މިއަދު މުބާރާތާ އަލްވަދާއު ކީއެވެ. އިއްޔެ ކަބަޓާން ނިއު ޖެނެރޭޝަން އަތުން ފެލްކޮންސް ބަލިވީ 3-2ގެ ހަނި ފަރަގަކުންނެވެ.
މިއަދުގެ މޮޅާއެކު ގުރޫޕު ދޭއްގެ އެއްވަނައިގައި ކަބަޓާން އެފްޓީ އޮތީ ލަނޑެއްގެ ފަރަގުންނެވެ. ދެވަނައިގައި މިހާރު އޮތީ ކަބަޓާން ނިއު ޖެނެރޭޝަންއެވެ. މާދަމާ ހަވީރު ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ކަބަޓާން އެފްޓީއާއި ކަބަޓާން އެންޖީ ވާަދަކުރާއިރު ގުރޫޕުގެ އެއްވަނައާއި ދެވަނަ ކަނޑައަޅާނީ އެ މެޗުގެ ނަތީޖާއިންނެވެ.
މިއަދު ހަވިރު ވަނީ ގުރޫޕު އެކެއްގެ މެޗެއް ވެސް ކުޅެވިފައެވެ. އެ މެޗުގައި ވާދަކުރީ ކަބަޓާން ސްޕޯޓްސް ކްލަބާއި ވައިކިންގްސްއެވެ. އެ މެޗު ކަބަޓާން ސްޕޯޓްސް ކްލަބް ކާމިޔާބު ކުރީ 4-2ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ކަބަަޓާން ސްޕޯޓްސް ކްލަބް ލަނޑުގެ ފަރަގުން ސެމީ ފައިނަލަށް ދަތުރުކުރީ ގުރޫޕު އެކެއްގެ އެއްވަނައިގެ ގޮތުގައެވެ.
ކުޅުނު ދެ މެޗުން ވެސް ބަލިވެ ވައިކިންގްސް މުބާރާތާ އަލްވަދާއު ކިޔައިފައިވާއިރު, ގުރޫޕިު އެކެއްގެ ދެވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކުރީ ޓެމަރާރިއޯސްއެވެ.އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ވައިކިންސް އަތުން މޮޅުވީ 4-3ގެ ހަނި ފަރަގަކުންނެވެ.
ޓެމަރާރިއޯސްއާއި ކަބަޓާން އެސްސީ އިއްޔެ ވާދަކުރި މެޗު ވީ އެއްވަރެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް އޮންނާނީ ހޮނިހިރު ދުވަހާއި އާދީއްތަ ދުވަހުއެވެ.

10 މަސް ކުރިން
-5e457b19.jpg)
1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން