-8402fff9.png)

ޢާއިޝަތު ނުޒުހާ

ރައީސް އޮފީހުގައި މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހީނާ ވާހަކަ ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހިރިގަލުން ބިނާ ކޮށްފައިވާ ފަސް އާސާރީ މިސްކިތެއް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ނޮމިނޭޝަން ޑޮސިއާ ހުށަހަޅާފައިވާ ކަމަށް ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓްރީގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ, ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތަައް ހިމެނުމަށް ނޮމިނޭޝަން ފައިލު ތައްޔާރުކޮށް މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޔުނެސްކޯއަށް ހުށަހަޅާފައިވާ ކަމަށެވެ.
ތަރިކައިގެ ލިސްޓުގައި ހިމަނަން އެދިފައިވާ ފަސް މިސްކިތަކީ މާލޭ ހުކުރު މިސްކިތާއި ހއ.އިހަވަންދޫ ހުކުރު މިސްކިތާއި، ރ.މީދޫ ބާ މިސްކިތާއި، އދ.ފެންފުށީ ހުކުރު މިސްކިތުގެ އިތުރުން ލ. އިސްދޫ ހުކުރު މިސްކިތެވެ.
ހީނާ ވިދާޅުވި ގޮތުގައި މި ތަންތަން އިތުރަށް ދިރާސާކުރުމަށް އާސާރީ ތަންތަނާއި ތަކެތި ހިމާޔަތްކުރުމަށް ހާއްސަ އިންޓަނޭޝަނަލް ކައުންސިލް އޮން މޮނިއުމެންޓްސް އެންޑް ސައިޓްސްގެ ޓީމެއް އަންނަ ސެޕްޓެމްބަރު މަހު ރާއްޖެ އައިސް, މިސްކިތްތަކަށް ޒިޔާރަތްކޮށް އެތަންތަން ހުރި ނެތް ގޮތް ބަލައި މޮނިޓާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން