-8402fff9.png)
ސައިފުﷲ އަލީ

ވަޒީރު ހީނާ ވަލީދު އުތީމު ކައުންސިލާ ބައްދަލުކުރައްވަނީ
މިއަހަރުގެ ޤައުމީ ދުވަހަށް ހއ. އުތީމުގައި ކުރިއަށްދާ ތައްޔާރީތައް ބެއްލެވުމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ހއ. އަތޮޅަށް ވަޑައިގެންފި އެވެ.
ވަޒީރު ހީނާގެ މި ދަތުރުފުޅުގައި އެ އަތޮޅުގައި ކުރިއަށްދާ ވުޒާރާގެ މުހިންމު މަޝްރޫޢުތަކުގެ އަދާހަމަ ބެއްލެވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
މި ދަތުރުފުޅަކީ ހއ. އުތީމު، ތަކަންދޫ، އަދި ބާރަށުގައި ފަށައިގެން ކުރިއަށްދާ "ޣާޒީ ބަންޑާރައިންގެ އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢު" ގެ މަސައްކަތްތައް ހިނގާ ގޮތް ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް އެ ވުޒާރާއިން ހާމަކުރެ އެވެ.
މި ދަތުރުފުޅުގައި ވަޒީރު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ މިއަހަރުގެ ޤައުމީ ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ހއ. އުތީމަށެވެ. މި އަހަރުގެ ގައުމީ ދުވަހުގެ ހަރަކާތްތައް ކުލަ ގަދަ ގޮތެއްގައި ފާހަގަކުރުމަށް ވަނީ ނިންމާފަ އެވެ. މިއަހަރުގެ ޤައުމީ ދުވަހަކީ އަންނަ އޮގަސްޓު މަހުގެ 14 ވަނަ ދުވަހެއެވެ.
އުތީމު ކައުންސިލުން މަޢުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ޤައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރަށް ޒީނަތްތެރިކުރުމުގެ ބޮޑު މަޝްރޫޢެއްގެ އިތުރުން، ފޯރިގަދަ އަދި ސަގާފީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވާފައެވެ.
މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ހީނާ ވަލީދު އެ އަތޮޅު ބާރަށަށާއި ތަކަންދޫއަށް ވަޑައިގަތުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ. އެ ރަށްރަށަށް ވަޑައިގެން ޣާޒީ ބަންޑާރައިންގެ ތާރީޚީ ވާހަކަތަކާއި އަސަރުތައް ހިމާޔަތްކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ފަހުގެ އަދާހަމަ ބައްލަވާލައްވާނެއެވެ.
މީގެއިތުރުން، މި ތިން ރަށުގެ ކައުންސިލްތަކާ ވަކިވަކިން ބައްދަލުކުރައްވާފައިވެ އެވެ. މި ބައްދަލުވުންތަކުަގައި ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާ ބެހޭގޮތުންނާއި ރައްޔިތުންނަށް ބޭނުންވެފައިވާ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެ އެވެ.
3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން