-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

އަބްދުލްފައްތާހު-- ފޮޓޯ: ފޭސްބުކް
މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލްފައްތާހު ދެންމެ ނިޔާވެއްޖެއެވެ.
މި ކަން ކަށަވަރުކޮށްދެއްވަމުން ކެލާ ކައުންސިލުގެ ރައީސް އަބްދުالله އިންފާޒް ވިދާޅުވި ގޮތުގައި ފައްތާހު ނިޔާވީ ދެންމެ ހއ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދިޔައީ ސްޓްރޯކެއް ޖެހިގެންނެވެ.
މި މަހު 21 ވަނަ ދުވަހު ފައްތާހު ވަނީ ކެލާ ކައުންސިލުގެ ރައީސް ކަމަށް ކުރިމަތިލާން ނިންމި ކަމަށް ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައެވެ. ފައްތާހުގެ ފޭސްބުކް އެ ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އޭނާ ވާދަކުރެއްވުމަށް ނިންމަވާފައިވަނީ ޕީއެންސީގެ ޓިކެޓުގައެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް ޕީއެންސީގެ ޕަރައިމަރީގައި އޭނާ ވަނީ ވާދަކޮށްފައެވެ. ނަަމަވެސް ބައެއް ދާއިރާަތަކުގެ ނަތީޖާ ޕިއެންސީއިން އަދި އިއުލާންކޮށްފައިނުވާއިރު އޭގެތެރޭގައި ކެލާ ވެސް ހިމެނެއެވެ.
ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އޭނާ ވަނީ ޕްރައިމަރީ ކާމިޔާބުކޮށްފަ އެވެ.
ކެލާއަކީ އޭނާގެ އުފަން ރަށެވެ. އުފަން ރަށުގައި އޭނާ ރެސްޓޯރަންޓެއް ހިންގަމުން އާމްދަނީއެއް ހޯދަމުންނެވެ.
ފައްތާހަކީ މީގެ ކުރިން ކާމިޔާބު އެތައް ފިލްމެއް ޑައިރެކްޓު ކުރައްވާފައިވާ ކުޅަދާނަ ޑައިރެކްޓަރެކެވެ. އޭނާ ރިޓަޔާ ކުރެއްވުމުގެ ކުރިން ޑައިރެކްޓު ކުރައްވާފައިވާ އެންމެ ފަހު ފިލްމަކީ "ހައްދު" އެވެ.

11 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން