-8402fff9.png)

ހއ. ކެލާގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުން --
ހއ. ކެލާގައި ޕާސްޕޯޓުގެ ހިދުމަތް މިއަދު ފަށައިފިއެވެ.
އިމިގްރޭޝަނުން މިއަދު "އެކްސްގައި" ކުރި ޕޯސްޓެއްގައި ބުނީ ޕާސްޕޯޓުގެ ހިދުމަތް ހއ.ކެލާގައި ވަނީ ރަސްމީކޮށް ފަށައިފައިވާ ކަމަށެވެ.އަދި ހއ. އަތޮޅުން ޕާސްޕޯޓުނަގަން ބޭނުންވާ ފަރާތްތަކަށް 'ކަލެކްޝަން ޕޮއިންޓް' ގޮތުގައި މިހާރު ދިއްދޫ، އިހަވަންދޫ އަދި ކެލާ ޚިޔާރު ކުރެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
މިއަހަރުގެ ސެޕްޓެންބަރު 19 އިން ފަށައިގެން މިހާރު ހުރިހާ އަތޮޅަކުން ވެސް ޕާސްޕޯޓުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.އެންމެފަހުން ޕާސްޕޯޓުގެ ހިދުމަތް ތައާރަފްކޮށްފައިވަނީ ތ. ގުރައިދޫ، ވިލުފުށި، ވޭމަންޑޫ ހިމެނޭހެން ތ. އަތޮޅުގެ މި ތިން ރަށުގައެވެ.
ދިވެހި ޕާސްޕޯޓުގެ ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

11 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-b7403a22.jpg)
3 މަސް ކުރިން
-de28761c.jpg)
3 މަސް ކުރިން

4 މަސް ކުރިން
-be882701.jpeg)
4 މަސް ކުރިން

4 މަސް ކުރިން
-a527162a.jpg)
4 މަސް ކުރިން