-8402fff9.png)
މުހައްމަދު އިޔާން

ފޮޓޯ/ ޕީއެސްއެމް -- އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ އިތުބާރު ނެތްކަމަށް ފާސްކުރަން ކްލަބްތަކުން ސޮއި ހަމަކުރަން ފަށައިފިއެވެ.
އެފްއޭއެމްގެ ކުރީގެ ރައީސް، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގު (ޓޮމް) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، ރީތި ގޮތަކަށް ވާނީ އެހެން ފާސްކުރުމުގެ ކުރިން ބައްސާމް އިސްތިއުފާ ދެއްވުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި ރާއްޖޭގެ ބޮޑެތި ބައެއް ކްލަބްތައް ވަނީ ބައްސާމް ވަކި ކުރުމުގެ މައްސަަލައިގައި ސޮއި ކުރުމަށް ނިންމާފައެވެ.
އެފްއޭއެމްގެ ތެރެއިން އޭނާ ވަކި ކުރުމުގެ މަސައްކަތް ފަށާފާ ވާއިރު، އެފްއޭއެމްގެ ތެރެއިން ޚިޔާނަތާއި، ކޮރަޕްޝަނުގެ މައްސަލައެއް ފެންމަތިވެ، ފުލުހުން ދާދި ފަހުން ވަނީ އެ މައްސަލަ ބަލާފައެވެ. ޕީޖީ އޮފީހުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ.

2 މަސް ކުރިން

6 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން