-8402fff9.png)

ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ ކޭ ޕާކް ފްލެޓްތައް ވިއްކުމުގައި ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ހަސަން މަމްދޫހު (މަންޑޭ) ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
އެ މައްސަލާގައި މަންޑޭގެ މައްޗަށް 100އަށްވުރެ ގިނަ ދައުވާ އަދި ޖައިޝާން ސައީދުގެ މައްޗަށް 98 ދައުވާ ވަނީ އުފުލާފައެވެ.
މަންޑޭގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޓެކުމުގެ ދައުވާތަކާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ ދައުވާތަކާއި އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާތަކާއި މަނީ ލޯންޑްރިންގެ ދައުވާ ހިމެނެއެވެ.
މިދިޔަ ޖުލައި މަހުގެ 30 ވަނަ ދުވަހު އެ މައްސަލައިގެ ޝަރީއަތް ފަށާފައިވިޔަސް މަންޑޭ ޝަރީއަތަށް ހާޒިރުކުރުމުގައި ދަތިތަކެއް ހުރުމުން މައްސަލަ ކުރިއަކަށް ނުގެންދެވެއެވެ.
މަންޑޭ ކޯޓަށް ހާޒިރުނުވުމުގެ ބަހަނާއަކަށް ކޮންމެ ފަހަރަކު ވެސް ހުށަހަޅަނީ ޑޮކްޓަރުގެ ލިޔުންތަކެކެވެ. ސިއްހީ ހާލަތު ތަން ނުދޭތީ ކޯޓަށް ހާޒިރުނުވެވެނީ ކަމަށް އޭނާ ބުނެފައިވެއެވެ. އެކަމަކު މަންޑޭ ގެއިން ބޭރުގައި އުޅޭ މަންޒަރު ފެންނަ ކަމަށް އެކި ފަރާތްތަކުން ކޯޓަށް މައުލޫމާތު ދީފައިވާ ކަމަށް އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް މިއަދު ވިދާޅުވިއެވެ.
ޑޮކްޓަރުގެ ލިޔުންތަކަށް ބަލާއިރު، ކޯޓަށް ހާޒިރުނުވެވޭ ފަދަ ބައްޔެއް އޭނާގެ ނެތް ކަން އެނގޭ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
މިއަދުގެ އަޑުއެހުމަށް މަންޑޭ ހާޒިރުކުރީ ބަންދުގައި ބަހައްޓައިގެން ފުލުހުންގެ ބެލުމުގެ ދަށުންނެވެ.
2017 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި ކޭ ޕާކް ފްލެޓްތަކުގެ މަސައްކަތް ހުއްޓި ފްލެޓް ގަންނަން މަންޑޭއަށް ފައިސާ ދެއްކި މީހުންނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ނަމަވެސް އެކަމަށް އެއްވެސް ހައްލެއް އަދި ގެނެވިފައެއްނުވެއެވެ.

2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން