-8402fff9.png)
ފާތިމަތު މިޝްކާ
-d9445da7.jpg)
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިރޭ އައްޔަންކުރަން ހަމަޖެހިފައި ވަނިކޮށް ނަން އަނބުރާ ނެގީ އޭނާ އަކީ ސިޔާސީ ބޭފުޅެއް ކަމަށް މީހުން ސިފަކުރާތީ ކަމަށް މުހައްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރަކާތްތަކުގައި އިސްކޮށް އުޅެފައިވުމާއި ދާދިފަހަކާ ޖެހެންދެން ހޯމް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅަކަށް ވުމުން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރާތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ޖޭއެސްސީގެ ރައީސް ހުސައިން ރިޒާ އާދަމަށް ޝަހީދު ފޮނުއްވި ސިޓީގައި ވަނީ އޭނާގެ އެޕްލިކޭޝަން ބާތިލް ކޮށްދިނުމަށް އެދިވަޑައިގަތީ، އޭނާއަކީ މިހާރު ވެސް ސިޔާސީ ބޭފުޅެއް ކަމަށް ބަޔަކު ސިފަކުރަމުންދާތީ، ފަނޑިޔާރުންގެ ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފައްދަން ޖާގަ ނުދިނުމުގެ ގޮތުން ކަމަށެވެ.
ޝަހީދު ވިދާޅުވީ މިއީ ދިވެހި ގައުމަށްޓަކައި އަދި ޝަރުއީ ދާއިރާގެ މުސްތަގިއްލުކަން ހިމާޔަތް ކުރުމަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށެވެ.
ޝަހީދު ވިދާޅުވީ ހައި ކޯޓުގެ ފަނޑިޔާރަކަށް ކުރިމަތިލައްވަން ނިންމެވީ އޭނާގެ އަމިއްލަ އިޚްތިޔާރުގައި ކަމަށާއި އެއީ އެއްވެސް މީހަކު ބުނެގެން ކުރި ކަމެއް ނޫން ކަމަށެވެ.
އޭނާ އަކީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ބޭފުޅެއް ކަމަށާއި ހައި ކޯޓުގެ ފަނޑިޔާރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތު އޭނާގެ ކިބައިގައި އެބަހުރި ކަމަށް ވެސް ޝަހީދު ވިދާޅުވިއެވެ.
ޝަހީދުގެ އިތުރުން ދެން ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ. އޭނާ އެ މަގާމަށް އައްޔަންކުރުމުގެ ރަސްމިއްޔާތު މިރޭ 8:30 ގައި ސުޕްރީމް ކޯޓުގައި ބާއްވަން ވަނީ ހަމަޖެހިފައެވެ.
-c58fa47b.jpg)
3 ދުވަސް ކުރިން

16 ދުވަސް ކުރިން

3 މަސް ކުރިން
-1a3249e0.jpg)
3 މަސް ކުރިން

3 މަސް ކުރިން
-8368a54b.jpg)
4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން