-8402fff9.png)
ސައިފުﷲ އަލީ

ސިފްކޯ ފްލެޓެއް ލިބިފައި ވަނިކޮށް އަތުން ނެގި ފްލެޓް އަލުން ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދޭން ހައިކޯޓުން ނިންމައިފިއެވެ.
މި މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ ނުދޭން ހައިކޯޓުން ނިންމީ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ އެތައް ދުވަހެއް ފަހުން ސިފްކޯއިން މައްސަލަ ހުށަހެޅުމުންނެވެ. އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދެން ޖެހެނީ ގާނޫނީ މުއްދަތު ހަމަވުމަށްފަހު އިސްތިއުނާފު ކުރަން ބޭނުންވާ ހާއްސަ ހާލަތްތަކުގައެވެ. ހައިކޯޓުން އިސްތިއުނާފު ކުރުމުގެ ހުއްދަ ދެނީ ގާނޫނާއި ގަވާއިދުގައިވާ މިންގަނޑުތަކަށް ބެލުމަށްފަހުގައެވެ.
މި މައްސަލަ އިސްތިއުނާފު ކުރުން ލަސްވީ ކޯޓުން ބޭރުގައި ވާހަކަ ދައްކައިގެން ހައްލެއް ހޯދަން މަސައްކަތް ކުރުމުން ކަމަށް ސިފްކޯއިން ބުނެފައިވެއެވެ. ނަމަވެސް މުއްދަތު ހަމަވި ފަހުން އިސްތިއުނާފުގެ ހުއްދަ ނުދޭން ހައިކޯޓުން ވަނީ ނިންމައިފައެވެ.
މި މައްސަލައިގައި ދައުވާކުރާ މ. ހިރިނައިދޫ އަލީ ވަހީދަށް ފްލެޓް ލިބޭކަން ސިފްކޯއިން އެންގީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު 11 ގައެވެ. އޭގެ ފަހުން ޑައުންޕޭމަންޓުގެ ގޮތުގައި އޭނާ 91,200 ރުފިޔާ ދެއްކިއެވެ. އޭނާއަށް ލިބޭ ފްލެޓް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 14 ގައި ކަނޑައެޅުމަށްފަހު ފަހުން ވަނީ އަތުން ނަގައިފައެވެ.
އަލީ ވަހީދުގެ އަތުން ފްލެޓް ނަގާފައިވަނީ އެހެން ސްކީމެއްގެ ދަށުން ބޯހިޔާވަހިކަން ލިބިފައިވާ ކަމަށް ބުނެއެވެ. ސިފްކޯއިން ބުނީ އޭނާގެ ނަމުގައި ހިޔާ ފްލެޓަކާއި 2,000 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއްގެ ހިއްސާ އޮތް ކަމަށެވެ. 600 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ފްލެޓެއް ލިބިފައިވާ މީހުންގެ ޝަރުތު ހަމަނުވާނެ ކަމަށް ސިފްކޯއިން ބުނެއެވެ.
އަލީ ވަހީދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ފްލެޓް ލިބޭނެކަމުގެ ލިޔުން ދޫކުރިއިރު އުސޫލުގައި ނެތް ޝަރުތެއް ކުރިމަތިކުރުވުމުންނެވެ. ސިފްކޯގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ވަނީ އަލީ ވަހީދާ ފްލެޓް ހަވާލުކުރަން ހުކުމްކޮށްފައެވެ.
-8368a54b.jpg)
4 މަސް ކުރިން

5 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން
-bc1b3796.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން
-d9445da7.jpg)
1 އަހަރަށްވުރެ ގިނަ ކުރިން