-8402fff9.png)
ސައިފުﷲ އަލީ
-c58fa47b.jpg)
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވާ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަލީ ސަމީރު އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އަރުވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން މަގާމެއް ހުސްވަނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން އެ މަގާމުން ރިޓަޔާ ކުރެއްވުމަށް ނިންމަވާފައި ވާތީއެވެ. އެހެންކަމުން ހުސްވާ މި މަގާމަށް ކުރިމަތިލެއްވީ އަލީ ސަމީރުގެ އިތުރުން ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލީ ސަމީރު އައްޔަންކުރަން ޖޭއެސްސީން ލަފާ ދިން ނަމަވެސް، އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ޖޭއެސްސީގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންފުޅެއް، މަޖިލީހުން ރުހުން ލިބިގެން ފާސްކުރުމުންނެވެ.
އަލީ ސަމީރަކީ ޝަރުއީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވިއިރު، އޭގެ ކުރިން ސިވިލް ކޯޓުގެ އިސް ގާޒީގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ. އަދި ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު، ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް ސަމީރު ވަނީ އަދާކުރައްވާފައެވެ.

16 ދުވަސް ކުރިން
-1a3249e0.jpg)
3 މަސް ކުރިން

3 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން