-8402fff9.png)
ފާތިމަތު މިޝްކާ

ކަށި މިޔަރުގެ މަސްވެރިކަން ހުއްދަކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކުރުމަށް ހައިކޯޓަށް ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ބަލައިގެންފި އެވެ.
ނެތި ދިޔުމުގެ ބިރު ހީވެފައިވާ ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް ސަރުކާރުން ހުއްދަ ދޭން މަސައްކަތް ފެށުމާއެކު ވެސް މި މައްސަލަ ހައި ކޯޓަށް ހުށަހެޅި އެވެ. އެ ފަހަރު މައްސަލަ ބަލައިނުގަނެ ބޭރުކޮށްލީ އެވެ.
މި ދެ ފަހަރު ވެސް މި މައްސަލަ ކޯޓަށް ހުށަހެޅީ ސޭވް މޯލްޑިވްސް ގެ ފަރާތުން ހުމައިދާ އަބްދުލްޣަފޫރާއި މުހައްމަދު ސިނީން އެވެ.
އެންމެ ފުރަތަމަ ހުށަހެޅި މައްސަލަ ބޭރުކޮށްލީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. ދެވަނަ ފަހަރަށް ހުށަހެޅި މައްސަލަ ވެސް އޭޕްރިލް މަހު ބޭރުކޮށްލި އެވެ. މި ދެ ފަހަރު ވެސް މައްސަލަ ބޭރުކޮށްލީ ރަޖިސްޓްރޭޝަން މަރުހަލާއިންނެވެ.
އެހެންނަމަވެސް ރަޖިސްޓްރޭޝަން މަރުހަލާގެ ނިންމުން ރިވިއު ކުރުމަށް ހުށަހެޅުމުން އެ މައްސަލަ ރިވިއު ކުރެއްވި ފަނޑިޔާރުން ނިންމެވީ އެ މައްސަލަ ބަލައިގަތުމަށެވެ.
މީގެ ކުރިން މަނާކޮށްފައިވާ ކަށި މިޔަރުގެ މަސްވެރިކަމުގެ ހުއްދަ ކުރީ މިދިޔަ ނޮވެމްބަރު މަހުން ފެށިގެންނެވެ. އެއާއެކު ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް 40 އުޅަނދަކަށް ހާއްސަ ލައިސެންސް ދޫކުރާނެ އެވެ. ކަށި މިޔަރުގެ މަސްވެރިކަން ކުރެވޭނީ މި ލައިސެންސް އޮންނަ އުޅަނދުތަކަށް އެކަންޏެވެ.

3 މަސް ކުރިން
-8368a54b.jpg)
4 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން
-bc1b3796.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން