-8402fff9.png)

ޢާލިމް އަބްދުއްލަތީފް
-bc1b3796.jpeg)
ހައިކޯޓް --- ފޮޓޯ: މިހާރު
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ނިންމި ޏ. ފުވައްމުލައް ދޫޑިގަން، ގޯލްޑަންގޭޓް، މުހައްމަދު ޝަހީދު ވަނީ ނަން އަނބުރާ ގެންދަވާފައެވެ. އޭނާ އަނބުރާ ނަން ނެގީ މީގެކުރިން ޕީއެންސީގެ ހަރަކާތްތަކުގައި ބައިވެރިވެފައިވާތީ ގިނަ ބައެއްގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައި ވަނިކޮށެވެ.
އެހެންވެ، ޖޭއެސްސީން ނިންމީ އަލުން ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 45،700 ރުފިޔާއެވެ. ލިވިން އެލަވެންސްގެ ގޮތުގައި މަހަކު 18000 ރުފިޔާ އާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3300 ރުފިޔާ ލިބެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް ލިބޭނެއެވެ.
މި މަގާމަށް ކުރިމަތިލެވޭނީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާނަމައެވެ.
-c58fa47b.jpg)
3 ދުވަސް ކުރިން

16 ދުވަސް ކުރިން

3 މަސް ކުރިން
-1a3249e0.jpg)
3 މަސް ކުރިން

3 މަސް ކުރިން
-8368a54b.jpg)
4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން