-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރާއްޖޭގައި ޑައިވިންއަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިންގެ ހިތާމައިގައި ބައިވެރިވެ، ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ޖާބިރު އިޓަލީ ބަހުން ޚާއްޞަ މެސެޖެއް މިއަދު ދެއްވައިފިއެވެ.
އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ރޭ ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ މި ހާދިސާއާ ގުޅިގެން އިޓަލީގެ ރައްޔިތުންނަށާއި، ގެއްލުނު ފަރާތްތަކުގެ ޢާއިލާތަކަށް އޮތް ހަމްދަރުދީ ފާޅުކުރައްވާފައެވެ.
ޖާބިރު ވިދާޅުވީ އިޓަލީގެ ރައްޔިތުންނަކީ ދިވެހިންނާ ވަރަށް ގާތް، އެކުވެރި އަދި އައުލާދީ ގުޅުމެއް އޮންނަ ބައެއްގެ ގޮތުގައި ދެކޭ ކަމަށާއި، މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއްކަމަށެވެ.
އެގޮތުުން އޭނާ ވިދާޅުވީ، ގެއްލުނު މީހުންނާއި މަރުވި މީހުންގެ ޢާއިލާތަކުގެ ހިތާމައިގައި ދިވެހިން ބައިވެރިވާ ކަމަށާއި އިޓަލީ ބަހުން މެސެޖު ދެއްވީ އެ ޤައުމުގެ ރައްޔިތުންނާ އޮތް ގާތްކަން ސީދާ އެ ބަހުން ހާމަކޮށްދިނުމުގެ ބޭނުމުގައި ކަަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
މީގެ އިތުރުން، މި އޮޕަރޭޝަނުގައި ޙަރަކާތްތެރިވާ ދިވެހި ސިފައިންނަށް (އެމް.އެން.ޑީ.އެފް) ޖާބިރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
"މިކަހަލަ ބޮޑު ކަމެއްގައި އަބަދުވެސް ހަރަކާތްތެރިވާ ސިފައިންނަށް އަޅުގަނޑުމެން ސެލިއުޓް ކުރަން،" ޖާބިރު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ޖާބިރު ވަނީ ތައުރީފު ކުރައްވާފައެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްވެ ހުންނަވައިގެން، މި މަސައްކަތުގައި "ފުލް ފޯސް" ގައި ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިމަގުގައި މިފަދަ ހާދިސާތައް ނުހިނގާނެ ގޮތަކަށް ކަންކަން ބައްޓަންކުރުމުގެ މުހިންމުކަންވެސް ޖާބިރު ފާހަގަކުރެއްވިއެވެ.
އަދި މި ހާދިސާއަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ލިބުނު ބޮޑު ދެރައެއް ނަމަވެސް، ސަރުކާރުން މިކަން މެނޭޖްކުރަމުންދާ ގޮތް ރަނގަޅުކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މި ހާދިސާގެ މަޢުލޫމާތު ބައިނަލްއަޤުވާމީ މީޑިއާތަކުގައިވެސް ފެތުރެމުންދާކަން ފާހަގަކުރައްވަމުން، ޖާބިރު ވަނީ މިއީ މުޅި ރާއްޖެއަށްވެސް ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

22 ދުވަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން