-8402fff9.png)

އީޒެޕް އާއި ޤިބްލަ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖޭގެ ފުރަތަމަ ސުޕައެޕްލިކޭޝަން "އީޒެޕުން " މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ހޮވޭ އުމްރާވެރިން، އުމްރާއަށް ގެންދިއުމާ ހަވާލުވުމަށް ޤިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އީޒެޕުން ވަނީ އެ އެޕްލިކޭޝަން ބޭނުންކުރާ ޑްރައިވަރުންނާއި ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބޭ ޕްރޮމޯޝަނެއްފަށާފައެވެ
މި އެއްބަސްވުމުގެ ދަށުން ޤިބްލައިން ދޭ ޕްރިމިއަމް އުމްރާ ދަތުރު ހޯދުމުގެ ފުރުސަތު އީޒެޕްގެ ޑްރައިވަރުންނަށާއި ކަސްޓަމަރުންނަށް ފަހިވެގެންދާނެއެވެ.
އީޒެޕުން ބުނެފައިވަނީ މިޕްރޮމޯޝަނުގެ ދަށުން އީޒެޕްގެ ކާރު/ޕިކަޕު އަދި ސައިކަލް ޑްރައިވަރުންނަށް އަންނަ އޮކްޓޯބަރ މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް ނަގާ ކޮންމެ ދަތުރަކުންވެސް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އެގޮތުން އުމްރާ ދަތުރުގެ ކެޓެގެރީ ތަކަކީ؛
*ކަސްޓަމާ ކެޓެގެރީ
*ސައިކަލު ކެޓެގަރީ
*ކާރު/ޕިކަޕް ކެޓެގަރީ
އީޒެޕުން އިތުރަށް ބުނީ، މި ޕްރޮމޯޝަންގައި ޓެކްސީ ކޮށްދިނުމުގެ އިތުރުން އީޒެޕްގައި ހިމެނޭ ފިހާރަތަކުންނާއި ރެސްޓޯރަންޓްތަކުން ޑެލިވާ ކޮށްދޭ ޕަބްލިކް ޑްރައިވަރުންނަށްވެސް ސައިކަލު ކެޓެގެރީން ބައިވެރި ވެވޭނެ ކަމަށެވެ.
މި ޕްރޮމޯޝަން ފަރުމާ ކުރެވިފައިވަނީ، ގިނައިން ދަތުރު ނަގާ ނުވަތަ ޑެލިވަރީ ކުރާ ޑްރައިވަރުންނާއި، އަދި ދަތުރު ކުރާ ކަސްޓަމަރުންނަށް، އުމްރާ ދަތުރު ލިބުމުގެ ފުރުސަތު އިތުރުވެގެން ދާނެގޮތަށެވެ.
ކާރާއި ޕިކަޕު އަދި ސައިކަލް މެދުވެރިކޮށް ދަތުރުކުރާ ކަސްޓަމަރުންނަށްވެސް އުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ލިބޭއިރު، އުމްރާ ދަތުރު ލިބޭ ކަސްޓަމަރެއް ކަނޑައަޅާނީ ކާރާއި ޕިކަޕު އަދި ސައިކަލްގައި އެ މުއްދަތުގެ ތެރޭގައި ދަތުރުކުރި ފަރާތްތަކުގެ ދަތުރުތައް އެއްކޮށްލުމަށްފަހު ނެގޭ ގުރުއަތަކުން ކަމަށް އީޒެޕުން ބުނެއެވެ.

ގާތްގަނޑަކަށް 1 އަހަރު ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-b9cd0138.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން