-8402fff9.png)

ރާއްޖޭގެ ފުރަތަމަ ސުޕަ އެޕް, އީޒެޕްގެ ޑިޖިޓަލް އެސިސްޓަންޓް ތައާރަފް ކޮށްފި އެވެ.
މިކަމާ ގުޅިގެން އީޒެޕްގެ ސީއީއޯ މިއުވާން ވިދާޅުވީ މިވަގުތު އީޒެޕްގެ ޓީމް ކުޑަވުމުގެ ސަބަބުން ކަސްޓަމަރުންނަށާއި ، ޒެޕާޒް (އީޒެޕްގެ ޑްރައިވަރުން)ގެ ސުވެާލުތަކަށް ޖަވާބު ދިނުމަށް ލަސްތަކެއް ދިމާވާ ކަމަށެވެ.
އަދި މިކަމަށް ހައްލެއް ހޯދައިދިނުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އާންމުުންގެ ލޯބި ލިބިފައިވާ ޒެޕާމޭން އީޒެޕްގެ ޑިގިޓަލް އެސިސްޓެންޓް ގޮތުގައި ތާރަފްކުރެވިފައިވާ ކަމަށް މިއުވާން ވިދާޅުވިއެވެ.
"މި ބަދަލާއެކު އީޒެޕުން އެއްވެސް މައުލޫމާތެއް ހޯދަން ބޭނުންވާ ފަރާތަކަށް ބޮޑު ފަސޭހައެއް ވެގެން ދާނެކަމަށް އުއްމީދުކުރަން. ޑްރައިވާޒް އެޕްލިކޭޝަން އެޕްރޫވް ކުރުން އަވަސްވުމާއި ކަސްޓަމަރުންނަށް އޯޑާ ޖަހަން - ޓެކްސީ ވިޔަސް، ކާއެެއްޗެއް ވިޔަސް އޯޑާކޮށްލަން އެއްވެސް ހިއުމަން އިންޓަވެންޝަނަކާ ނުލައި ވީޑިއޯ އިން ދަސްކޮށްދެވޭނެ!" މިއުވާން ވިދާޅުވިއެވެ.
މީގެ އިތުރުން އީޒެޕް އިން ބުނީ އީޒެޕްގެ ޑިޖިޓަލް އެސިސްޓެންޓް ފުރަތަމަ ހަމައެކަނި (އީޒެޕް ހޮޓްލައިން) ވަޓްސްއަޕް 7560606 ގައި ޓެސްޓް ކުރުމަށް ފަހު, އިންސްޓަގްރާމް އަށާއި ފޭސްބުކްފަދަ ކަސްޓަމަރުންނާއި ޑްރައިވަރުންގެ ޓަޗްޕޮއިންޓް ތަކަށްވެސް އީޒެޕްގެ ޑިގިޓަލް އެސިސްޓެންޓް - ޒެޕާމޭން މެދުވެރިކޮށް އަންނަ އަހަަރުގެ ތެރޭގައި ހިދުމަތް ދނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
"އެންމެ ފަހުރުވެރި ވަނީ މިއީ އިންޓާނަލީ ކުރެވުނު މަސައްކަތަކަށް ވާތީ، އިންޝާالله ކުރިޔަށް އޮތްތާނގައި ޑިޖިޓަލް އެސިސްޓަންޓް އޭއައި އެސިސްޓަންޓްއަކަށް ބަދަލު ކުރާނަން. އީޒެޕް އަކީ ރާއްޖެގެ ޒުވާނުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހި ކޮށްދޭ އިގްތިސާދު ފުޅާ ކުރަން މަސައްކަތް ކުރާނެ ޕްލެޔަރެއް ކަމީ ފަހުރުވެރިވާ ކަމެއް" މިއުވާން ފާހަގަކުރިއެވެ.
އަދި ޓެސްޓިން ސްޓޭޖްގައި ދިމާވެދާނެ ދަތިތަކަށް ކުރިޔާލާ ކަސްޓަމަރުންނާއި، ޒެޕަރުން (އީޒެޕްގެ ޑްރައިވަރުން) އަދި ފިޔަވާރި ތަކުގެ ކިބައިން މައާފަށް އެދޭކަމަށާއި ވީހާވެސް އަވަހަށް އެ މައްސަލަތައް ހައްލު ކުރަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އީޒެޕް އިން ވަނީ ދީފައެވެ.

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
-b9cd0138.jpeg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން