-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ބާސެލޯނާގެ ތަރި ފެރާން ޓޮރޭޒް ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ
ސްޕެނިޝް ލަލީގާ - ލަނޑެއް ޖަހައިފައިވަނިކޮށް ފަހަތުން އަރައި ފަސް ލަނޑު ޖަަހައިގެން ބާސެލޯނާއިން ރެއަލް ބެޓިސް ބަލިކޮށްފިއެވެ.
ރެއަލް ބެޓިސްގެ ދަނޑުގައި ކުޅުނު އެ މެޗުން ބާސާއިން ބެޓިސް ބަލިކުރީ 3-5 އިންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން ވަނީ ހަތަރު ލަނޑު ޖަހައިފައެވެ.
މެޗުގެ ފުރަތަމަ ލަނޑު، ހަވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލަލީގާގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބެޓިސްގެ ފޯވާޑް، އެންތޮނީއެވެ.
އޭނާ އެ ލަނޑު ޖެހިފަހުން ބާސާއިން ކުޅުން ރަނގަޅުކޮށް، ކައިރިކައިރީގައި ދެ ލަނޑު ކާމިޔާބުކުރިއެވެ. އެ ލަނޑުތައް ބާސާއަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭޒްއެވެ. އޭނާ އެ މެޗުގައި ވަނީ ހެޓްރިކެއް ހަދާފައެވެ.
ބާސާގެ އިތުރު ލަނޑުތައް ކާމިޔާބުކޮށްދިނީ މި ސީޒަނަށް ބާސާއާއި ގުޅުނު ރޫނީގެ އިތުރުން މިދިޔަ އަހަރުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލަމީން ޔަމާލްއެވެ.
އެހެން ނަމަވެސް މެޗު ނިމެން ކައިރިވެފައިވަނިކޮށް ކައިރިކައިރީގައި ބެޓިސް އިން އިތުރު ދެ ލަނޑު ކާމިޔާބުކުރިއެވެ. އެ ލަނޑުތައް ބެޓިސްއަށް ކާމިޔާބުކޮށްދިނީ ޑިއޭގޯ ހެނާންޑޭޒް އަދި ކުޗޯ އެވެ.
ރޭގެ މޮޅާއި އެކު ބާސާ އެއްވަނައިގައި އޮތީ ދެވަނައިގައި އޮތް ވާދަވެރި ރެއަލް މެޑްރިޑަށްވުރެ އެއްމެޗު އިތުރަށް ކުޅެ، ހަތަރު ޕޮއިންޓުގެ ފަރަގެއް ހޯދައިގެންނެވެ. މިރޭ މެޑްރިޑުން ކުޅޭ މެޗުން ބަލިވެއްޖެނަމަ، އެ ފަރަގު ދެމެހެއްޓުމުގެ ފުރުސަތު ބާސާއަށް ލިބޭނެއެވެ. އަދި އެ މެޗުން މެޑްރިޑު މޮޅުވެއްޖެ ނަމަ، ބާސާއާއި ދޭތެރޭގައި އޮންނާނީ އެންމެ ޕޮއިންޓެއްގެ ފަރަގެކެވެ.
ރޭގެ ބައްޔާއި އެކު ބެޓިސް އޮތީ 15 މެޗުން ލިބުނު 24 ޕޮއިންޓާއި އެކު ތާވަލުގެ ފަސްވަނައިގައެވެ.

9 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން