-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ސައުދީ އަރަބިއްޔާގެ ޖިއްދާގައި ރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ރެއާލް މެޑްރިޑް 2-3 އިން ބަލިކޮށް، ބާސެލޯނާއިން ސްޕެނިޝް ސުޕަކަޕް ކާމިޔާބުކޮށްފިއެވެ.
މިއީ ބާސެލޯނާއިން ޖެހިޖެހިގެން މި މުބާރާތުގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ބާސެލޯނާއިން ވަނީ 2-5 ގެ ނަތީޖާއަކުން މެޑްރިޑް ބަލިކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. މެޗުގެ ފުރަތަމަ ލަނޑު 36 ވަނަ މިނެޓުގައި ޖަހައި ބާސެލޯނާއަށް ކުރިހޯދައިދިނީ ރަފީނިއާއެވެ. ނަމަވެސް، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ ވަނީ ރީތި ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މެޑްރިޑަށް މި ލީޑު ހިފަހައްޓާލެވުނީ ކުޑަވަގުތުކޮޅަކަށެވެ.
އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓުގައި ލެވަންޑޯސްކީ ބާސާއަށް އަލުން ކުރިހޯދައިދިން ނަމަވެސް، ހާފު ނިމުމުގެ ކުރިން ގޮންޒާލޯ ގާސިއާ ވަނީ މެޑްރިޑަށް އަނެއްކާވެސް ނަތީޖާ އެއްވަރުކޮށްދީފައެވެ.
ދެވަނަ ހާފަށް ޓީމުތައް ނުކުތީ 2-2 އިން އެއްވަރުވެފައި އޮވެގެންނެވެ. މެޗުގެ ނަތީޖާ ބާސެލޯނާ ކޮޅަށް އަނބުރާލީ 73 ވަނަ މިނެޓުގައި ރަފީނިއާ ޖަހައިދިން އޭނާގެ ދެވަނަ ލަނޑުންނެވެ.
މެޗު ނިމެން ގާތްވެފައި ވަނިކޮށް، މެޑްރިޑްގެ ކީލިއަން އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ބާސާގެ ފްރެންކީ ޑިޔޮންއަށް ވަނީ ސީދާ ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އެހެންނަމަވެސް، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ ބާސެލޯނާއިން ވަނީ މެޗުގެ ލީޑު ދަމަހައްޓައި ތަށި ކާމިޔާބުކޮށްފައެވެ.
މި ދެޓީމު ދެން ބައްދަލުކުރާނީ ލަލީގާގައި އަންނަ މޭ މަހުގެ 11 ވަނަ ދުވަހު ބާސެލޯނާގެ އައު ދަނޑުގައެވެ. ލަލީގާގެ އެންމެ ފަހުގެ ކުރިމަތިލުމުން މެޑްރިޑް 1-2 އިން މޮޅުވި ނަމަވެސް، އޭގެ ފަހުން ކުޅުނު މެޗުތަކުން ބަލިވުމުގެ ސަބަބުން މެޑްރިޑް މިހާރު އޮތީ 45 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.
ބާސެލޯނާ އެންމެ ފަހުން ލީގުގައި ބަލިވީ މެޑްރިޑް އަތުން ކަމަށްވިޔަސް، އޭގެ ފަހުން ކުޅުނު އަށް މެޗުން މޮޅުވެ އެޓީމު މިހާރު އޮތީ 49 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.

9 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން