-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރޭގެ މެޗުގައި މެޑްރިޑްގެ ޑިފެންޑަރު ކަރެރަސްއަށް ރަތްކާޑު ދައްކަނީ -- ފޮޓޯ: ރޮއިޓާސް
ސްޕެނިޝް ލަލީގާ - އަމިއްލަ ދަނޑުގައި ސެލްޓަވީގޯ އަތުން ބަލިވެ، އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދު އޮތް ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ރެއަލް މެޑްރިޑުން ނަގާލައިފިއެވެ.
ފޯރިގަދަ އެ މެޗުގައި ސެލްޓަގެ ފަރާތުން މާ މޮޅު ކުޅުމެއް ނުފެނުނު ނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފުނީ އެ ޓީމަށެވެ. އެ މެޗުން ސެލްޓަ މޮޅުވީ 0-2 އިންނެވެ.
އެ މެޗުގައި ސެލްޓަގެ ދެ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ވިލިއޮޓް ސްވެޑްބާގްއެވެ. އޭނާގެ ފުރަތަމަ ލަނޑަކީ ދެވަނަ ހާފު ފަށައިގެން، 54 ވަނަ މިނެޓުގައި ޖެހި ރީތި ލަނޑެކެވެ. އެ ލަނޑު ވިލިއޮޓް ޖެހީ ޒަރަގޯޒާ އަރިމަތިން، ތިރިތިރިން ނެގި ބޯޅައެއް ބޫޓުގެ ފަހަތުން ޖަހައި ގޯލުގެ ކަނަށް ވައްދައިގެންނެވެ.
ސެލްޓައިން އެ ޓީމުގެ ދެވަނަ ލަނޑުޖެހީ މެޗުގެ އެންމެ އިތުރު ވަގުތުގެ ފަސް މިނެޓުގެ ތެރެއިން ތިންވަނަ މިނެޓުގައެވެ. އެ ލަނޑު އޭނާ ޖެހީ މެޑްރިޑްގެ މުޅި ޑިފެންސް އަދި ކީޕަރު ފޫއަޅުވާލުމަށްފަހުއެވެ.
އެ މެޗުގައި މެޑްރިޑުގެ ފުލްބެކް، ކަރެރަސްއަށް ވަނީ ދެ ރީނދޫ ކަޑާއި އެކު ރަތްކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
މި ނަތީއްޖާއާއެކު މެޑްރިޑު ދެވަނައިގައި އޮތީ އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ ހަތަރު ޕޮއިންޓް މަދުން ލިބިގެންނެވެ. ރޭގެ މެޗުން މޮޅުވި ސެލްޓަވީގޯ އޮތީ ތާވަލުގެ 10 ވަނައިގައެވެ.
ކުރިޔަށް މެޑްރިޑަށް އޮތީ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ގަދަބާރު، މެންޗިސްޓާ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭއެވެ.

9 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން