-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ލަނޑު ޖެހުމަށްފަހު ކުންޑޭ އުފާފާޅުކުރަނީ -- ފޮޓޯ: އޭޕީ
ޗެމްޕިއަންސް ލީގު - ގާތްގަޑަކަށް ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ބާސެލޯނާގެ ކޭމްޕް ނޫގައި ކުޅުނު ފުރަތަމަ ޗެމްޕިއަންސް ލީގުގެ މެޗުން ބާސާއިން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ރޭ ޖަރުމަނުގެ އެންޓްރެކް ފްރެންކްފާޓް އާއި ދެކޮޅަށް ބާސާއިން ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 0-2 އިންނެވެ. އެ މެޗުގައި ބާސާގެ ތަރިއަކަށްވީ ބާސާއަށް ކުޅޭ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކުންޑޭއެވެ.
މުޅި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ބާސާއިންނެވެ. ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނުނަމަވެސް، ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފުނީ ބާސާއަށެވެ.
މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖެހީ ފްރެންކްފާޓްއިންނެވެ. ބާސެލޯނާގެ ޑިފެންސް ލައިން ފޫއަޅުވާލުމަށްފަހު ފްރެންކްފާޓަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކްނައުފްއެވެ.
ފުރަތަމަ ހާފު ނިމުނީ އެގޮތުގައި އޮވެ ނިމުނު ނަމަވެސް، ދެވަނަ ހާފު ބާސާއިން ފެށީ ބަދަލަކާއި އެކުއެވެ. އެގޮތުން މެޗުގައި ފަށައިގެން ކުޅެންއެރި ފާމިން ލޮޕޭޒްގެ ބަދަލުގައި އިނގިރޭސި ފޯވާޑް މާކަސް ރަޝްފޯޑް ކުޅެންއެރިއިރު، މެޗުގެ 50 ވަނަ މިނެޓުގައި ބާސާއިން ލަނޑު ޖެހީ ރަޝްފޯޑު ނަގައިދިން ރީތި ހުރަހެއް ބޮލުން ޖަހައި ގޯލަށް ވައްދައިގެންނެވެ.
އެ ލަނޑު ޖެހީ ކުންޑޭއެވެ.
މެޗުގެ ދެވަނަ ލަނޑު ވެސް ކުންޑޭ ޖެހިއިރު، އެ ލަނޑު އޭނާ ޖެހީ އަރިމަތިން ލަމީން ޔަމާލް ނަގައިދިން ރީތި ހިލޭ ޖެހުމަކުންނެވެ.
މީގެ އިތުރުން މެޗުގެ 10 ވަނަ މިނެޓުގައި ރަފީނިއާގެ ހުރަހަކުން ތަޖުރިބާކާރު ފޯވާޑް ލެވަންޑޯސްކީ ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ޖެހުމުގެ ތެރޭގައި ރަފީނިއާ އޮފްސައިޑުކަމަށް ރެފްރީ ނިންމިއެވެ.
މި ނަތީއްޖާ އާއި އެކު ބާސެލޯނާއިން ވަނީ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފް ޖާގައެއް ކަށަވަރުކޮށްފައެވެ. އެހެން ނަމަވެސް ކުރިޔަށްދާން ބޭނުންނަމަ ކުރިޔަށް ހުރި މެޗުތަކުން ވެސް މޮޅުވުން ބާސާއަށް މަޖުބޫރެވެ.
ރޭގެ ބައްޔާއި އެކު ފްރެންކްފާޓް އޮތީ ތާވަލުގެ 30 ވަނައިގައެވެ. އެ ޓީމަށް ކެޓުމުގެ ބިރު އޮތްއިރު، ކުރިޔަށްހުރި މެޗުތައް އެ ޓީމަށް މުހިންމެވެ.

9 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

11 މަސް ކުރިން

12 މަސް ކުރިން

ގާތްގަނޑަކަށް 3 އަހަރު ކުރިން