-8402fff9.png)

ރޮޑްރީގޯ އޭނާ ރިއާލްގެ ކޮންޓްރެކް އާކުރުމުގެ ހަފްލާގެ ތެރެއިން އް ކްލަބްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާއެކު
ބްރެޒިލްގެ ޒުވާން ފޯވާޑު ރޮޑްރީގޯ ގޮއެސް ރެއާލް މެޑްރިޑްއާއެކު ހަދާފައިވާ ކޮންޓްރެކްޓް 2028 ވަނަ އަހަރާ ހަމައަށް އާ ކޮށްފިއެވެ.
ރެއާލްއާއެކު އިތުރު އަހަރުތަކެއް މަޑުކުރުމަށް ރޮޑްރީގޯ ސޮއިކުރީ އިއްޔެ އެޓީމުގެ ސްޓޭޑިއަމް ސަންޓިއާގޯ ބާނަބައިގައި ބޭއްވި ކުޑަ ހަފްލާ އަކަށް ފަހުއެވެ. މިހަފްލާއަށް ފަހު ނޫސްވެރިންނާ ބައްދަލުކޮށް ރޮޑްރީގޯ ބުނީ ރެއާލް މެޑްރިޑަކީ އޭނާގެ މުޅި ހަޔާތް ކަމަށާއި، ކޮންޓެްރެކްޓް އާ ކުރެވުމުން ވަރަށް އުފާވާ ކަމަށެވެ.
" އަހަރެން ރެއާލްގައި މިހުރީ ވަރަށް އުފަލުން. ހުރިހާ ތައްޓެއް ކާމިޔާބު ކުރެވިއްޖެ. ބޭނުންވަނީ އަނެއްވާވެސް އެކަން ތަކުރާރު ކުރަން. ރެއާލްގެ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެލަން ލިބުނު ފުރުސަތަކީ ދެކުނު ހުވަފެނެއް." އޭނާ އިތުރަށް ބުންޏެވެ.
އުމުރުން އެންމެ 18 އަހަރުގައި ރެއާލްއާ ގުޅުނު ފޯވާޑު ވަނީ މިހާތަނަށް ކުޅުނު 179 މެޗުން 39 ގޯލު އެ ޓީމަށް ޖަހާދީފައެވެ. ފާއިތުވެދިޔަ ހަތަރު ސީޒަނުގައި ރޮޑްރީގޯ އަންނަނީ ހުނަރުވެރި މޮޅު ކުޅުމެއް ދައްކަމުންނެވެ. ނޮކްއައުޓް މެޗުތަކުގައި ބެންޗުން ކުޅެން ނިކުމެ ޓީމު މޮޅު ކޮށްދޭ ލަނޑުތައް ޖަހައިދޭ ކުޅުންތެރިއެއް ގޮަތުގައި ބްރެޒިލްގެ ތަރި ފާހަގަކޮށްލެވެއެވެ. އެގޮތުން 2021-2022 ޗެމްޕިިއަންސް ލީގް ސީޒަންގައި ސެމީ ފައިނަލް މެޗުގެ 90 މިނެޓް ހަމަވެ އިތުރު ވަގުތުގައި މެންޗެސްޓާ ސިޓީ ކޮޅަށް ޖަހައި ދިން ލަނޑު ފާހަގަ ކޮށްލެވެއެވެ.
ރޮޑްރީގޯ އަންނަނީ މި ސީޒަނުގައިވެސް ރެއާލް މެޑްރިޑްގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

7 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން

12 މަސް ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން