-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

އިއްޔެ ހުޅުވި ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓު -- ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގުގައި އަލުން ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު ނިންމައި އިއްޔެ ހުޅުވާލުމާ އެކު، ބާޒާރުމަތީގެ މަގު ފުޅާކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ނިންމާލުމަށް ވަނީ ރޭވިފަ އެވެ.
ބޮޑުތަކުރުފާނު މަގު ފުޅާކުރުމަށް އެމްޓީސީސީއާ ހަވާލު ކޮށްގެން މިދިޔަ އޮގަސްޓް މަހު ފެށި 144 މިލިއަން ރުފިޔާގެ މަޝްރޫއުގެ ފުރަތަމަ ސެގްމަންޓު އިއްޔެ ވަނީ ނިންމައިފައެވެ. އެގޮތުން އެ ސެގްމަންޓުގައި މަސްމާރުކޭޓާ ހިސާބުން ފެށިގެން ދެކުނަށް ގޮސް ޖުމްހޫރީމައިދާނުގެ މެދަކާ ހިސާބަށް އެއްގަމުތޮށި ބޭރަށް ޖައްސައި އެ މަގު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ތާރު އަޅައިފައެވެ.
ފުރަތަމަ ސެގްމަންޓު ނިމުމާ އެކު، މިއަދު ފަށާ ދެވަނަ ސެގްމަންޓަކީ މަސްމާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް ކުރިއަށް ގެންދާ މަސައްކަތެވެ. މި ސެގްމަންޓުގައި ވެސް ފުރަތަމަ ސެގްމަންޓެކޭ އެއްގޮތަށް އެއްގަމުތޮށި ބޭރަށް ޖައްސައި ހަތަރު ލޭނަށް މަގުފުޅާ ކުރާނެ އެވެ.
އޭގެ އިތުރުން މުޅި އެ މަގުގައި ތާރު އަޅައި އެންމެ ޒަމާނީ ފެންވަރުގެ މަގަކަށް ބަދަލު ކުރާނެ އެވެ.
ދެވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމުން، ޖުމްހޫރީ މައިދާން ހިސާބުން ފަށައިގެން ކާނިވާ ސަރަހައްދާ ހަމައަށް މަގު ފުޅާކޮށް، ތާރު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވެސް ވަނީ ރާވައިފައެވެ.
މި މަޝްރޫއުގެ މަސައްކަތްތައް ކުރިއަށް އޮތް ރޯދަމަހުގެ ކުރިން ނިންމާލުމަށް އަމާޒު ހިފާފައިވާއިރު، ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަހެވެ.

18 ދުވަސް ކުރިން
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-a666a58c.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން