-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ހައިކޯޓު --
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ދެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރަސްމީކޮށް ހުޅުވާލައިފިއެވެ.
މި މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއެއް ކަމަށް ޖޭއެސްސީން ކަނޑައަޅާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 އެވެ. އެޕްލިކޭޝަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ޖޭއެސްސީގެ “ފަހިރެސް” ޕޯޓަލް މެދުވެރިކޮށެވެ.
ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 45,700 ރުފިޔާ ލިބެއެވެ. މީގެ އިތުރުން މަހަކު 18,000 ރުފިޔާ ލިވިން އެލަވެންސްގެ ގޮތުގައި އަދި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3,300 ރުފިޔާ ލިބޭނެއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުތައް ހުސްވީ، އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ނިޔާޒު ރިޓަޔާކުރެއްވުމާއި، އަދި އެ ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި މުހައްމަދު ފައިސަލް އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މި ދެ ބޭފުޅުން ކޯޓުން ވަކިވެވަޑައިގަތުމާއެކު، ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމު ހުސްވެފައިވާއިރު، އާ ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
ހައިކޯޓަކީ ގާނޫނީ ގޮތުން 11 ފަނޑިޔާރުންގެ މައްޗަށް އެކުލެވިގެންވާ ކޯޓެއް ނަމަވެސް، މި ދެ މަގާމު ހުސްވުމާ ހަމައަށް އެ ކޯޓުގައި ތިއްބެވީ 9 ފަނޑިޔާރުންނެވެ. މި ދެ މަގާމަށް ފަނޑިޔާރުން އައްޔަންކުރުމުން ކޯޓުގެ ބެންޗު ފުރިހަމަވެ، ގާނޫނުގައިވާ އަދަދަށް ފަނޑިޔާރުން ހަމަވާނެއެވެ.
-c58fa47b.jpg)
3 ދުވަސް ކުރިން

16 ދުވަސް ކުރިން

3 މަސް ކުރިން
-1a3249e0.jpg)
3 މަސް ކުރިން

3 މަސް ކުރިން
-8368a54b.jpg)
4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން