-8402fff9.png)

ބަނީން މާލިކް

އެންސްޕާގެ އޮފީސް --- ފޮޓޯ/ މިހާރު
ނިމުނު ނޮވެމްބަރު މަހު، ރާއްޖެއިން ބޭރަށް، ބޭސް ފަރުވާއަށް ދިޔަ ފަރާތްތަކަށް 14.5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އިއްޔެ ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ މަހު ރާއްޖެއިން ބޭރުން ބޭސްފަރުވާކުރި ފަރާތްތަކަށް 14.5 މިލިއަން ރުފިޔާ ދޫކޮށްފައިވެއެެވެ. އަދި ރާއްޖޭގައި ބޭސްފަރުވާކުރި ފަރާތްތަކަށް 20.5 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
އެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އޭގެ ތެރެއިން 7.6 މިލިޔަން ރުފިޔާ ހަމަަޖައްސާފައިވަނީ މާލެ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ، އޭޑީކޭ އާއި ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓު ކޮށްގެން ބޭސްފަރުވާގެ އެހީއަށް އެހީއަށް އެދުނު ފަރާތްތަކަށެވެ.
އެ ޖުމްލަ ފައިސާގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހަރަދުކޮށްފައިވަނީ ކެންސަރު ބައްޔަށާއި، ކަށީގެ ބަލިތަކާއި އަދި ވިހެއުމާއިގުޅޭ ކަންކަމަށެވެ.
އެގޮތުން، ކެންސަރު ބަލީގެ 135 ފަރާތަކާއި، ކަށީގެ ބަލިތަކުގެ 130 ފަރާތަކެއްގެ އިތުރުން ވިހެއުމާއި ގުޅިގެން 124 ފަރާތަކަށް އެ ފައިސާ ދޫކޮށްފައިވާ ކަމަށް އެންސްޕާގެ ހިސާބުތަކުން ދައްކައެވެ.
އަދި ނޭވާލާ ނިޒާމުގެ ބަލިތަކުގެ 112 ފަރާތަކަށާއި، މައިބަދައިގެ 109 ފަރާތެއްގެ އިތުރުން، ކަރުންމަތީގެ 85 ފަރާތަކަށް ވެސް ފައިސާ ދޫކޮށްފައިވާ ކަމަށް ވެސް އެންސްޕާގެ އެ ހިސާބުތަކުން ދައްކައެވެ.
މި އަހަރުގެ ބަޖެޓުގައި އެންސްޕާއަށް ދިނުމަށް 3.9 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފައިވެއެވެ. އެގޮތުން މިހާތަނަށް އެ ބަޖެޓުން ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން