-8402fff9.png)
މިރާޝް މޫސާ

އައިމިނަތު ހަމީދު - -
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޗެއާޕާސަންއަކަށް އައިމިނަތު ހަމީދު މިއަދު އައްޔަނުކުރައްވައިފިއެވެ.
މިއީ އެ ކުންފުނީގެ ޗެއާޕާސަންކަމުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ. އަދި ސަރުކާރުގެ އޭ ކެޓަގަރީގެ ކުންފުންޏެއްގެ ޗެއާޕާސަންކަމުގެ މަގާމަށް ވެސް އަންހެން ބޭފުޅަކު އައްޔަނުކުރެއްވި ފުރަތަމަ ފަހަރެވެ.
އައިމިނަތު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އީސްޓް ލަންޑަންއިން ބެޗްލާސް އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސް ހާސިލުކުރައްވައިފައެވެ. އަދި އޮސްޓްރޭލިއާގެ ޗާލްސް ސައުޓް ޔުނިވާސިޓީން ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާކެޓިންގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައިފައެވެ.
އޭނާ ވަނީ 2006ވަނަ އަހަރުން 2013ވަނަ އަހަރަށް ރީޖަނަލް އެއާޕޯޓްސްގައި މަސައްކަތް ކުރައްވައިފައެވެ. އެ ތަނުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވިއިރު ހުންނެވީ ޑެޕިއުޓީ ޑިރެކްޓަރަކަށެވެ.
އެއަށްފަހު 2014އިން 2018ވަނަ އަހަރަށް އައިމިނަތު ހުންނެވީ ތިލަފުށި ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑު މެންބަރެއްގެ ގޮތުގައެވެ.
މި ސަރުކާރުގެ ކުންފުނިތަކުގެ އިސް މަގާމުތަކުގައި އަންހެން ބޭފުޅުންގެ ހިއްސާް ބޮޑެވެ. ގިނަ ކުންފުނިތަކެއްގެ މެނޭޖިން ޑިރެކްޓަރުންނަށް ވެސް އަންހެން ބޭފުޅުން ވަނީ އައްޔަނުކުރައްވައިފައެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން