-8402fff9.png)
އައިޝަތު ހިދާޔާ

އެމްޕީއެލް ވިޔަފާރި ބަނދަރުގައި ހުރި ކޮންޓެއިނަރުތަކެއް -- ފޮޓޯ/ އެމްޕީއެލް
ރޭ މާލޭ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބާޖަކުން ކަނޑަށް ވެއްޓުނު ކޮންޓެއިނަރުތަކުގެ ތެރެއިން ދެ ކޮންޓެއިނަރު ހޯދާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
މި ހާދިސާ އެމްޕީއެލްގެ ފަރާތުން ފުލުހަށް ރިޕޯޓުކޮށްފައި ވަނީ ރޭ 11:10 ހާއިރެވެ. ކަނޑަށް ވެއްޓިފައި ވަނީ ޖުމުލަ ފަސް ކޮންޓެއިނަރެވެ. ފުލުހުން ބުނީ ބާކީ ތިން ކޮންޓެއިނަރު ހޯދުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުން ދާކަމަށެވެ.
މި ކޮންޓެއިނަރުތައް އޮޔާދާތީ ކަނޑުމަގުން ދަތުރުކުރާ ފަތާރަތްކުން ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މި ތަކެތި އޮޔާދާނީ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުންކަމަށް ފުލުހުން ވަނީ ލަފާކޮށްފައެވެ.
މި ކޮންޓެއިނަރުތަކުގައި ހުރީ ކޮން ބާވަތެއްގެ މުދަލެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ރޭ މާލެއަށް ވަނީ ބޯކޮށް ވާރޭވެހި ވައިގަދަވެފައެވެ. މާލޭ ޓީޖެޓީ ސަރަހައްދުގައި އަޅާފައި އޮތް ދޯންޏެއް ވެސް މޫސުން ގޯސްވުމުގެ ސަބަބުން ރޭ ވަނީ އަޑިއަށް ގޮސްފައެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން
5 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން