-8402fff9.png)
ފާތިމަތު މިޝްކާ
ކަރަންޓާއި ފެނުގެ ހިދުމަތް ދޭން ފެށުން / ފޮޓޯ: އެމްޕީއެލް
މާލެ ނޯތު ހާބަރުގެ އޭ ޒޯން އިން (ބޮޑުތަކުރުފާނު މަގާވީ ފަޅިން) ކަރަންޓާއި ފެނުގެ ހިދުމަތް މިހާރު ލިބޭނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފި އެވެ.
އެމްޕީއެލް އިން ބުނީ ނޯތު ހާބަރުގެ ހިދުމަތް ހޯދާ އޮޑިދޯނި ފަހަރަށް މި ހިދުމަތްތައް ލިބެން ފެށުމަކީ އެ ސަރަހައްދުން ހިދުމަތް ހޯދަމުންދާ އޮޑިދޯނި ފަހަރަށް ލިބިގެންދާނެ ލުއިފަސޭހައެއް ކަމަށެވެ.
ނޯތު ހާބަރު ސަރަހައްދު ބަލަހައްޓަމުންދާ އެމްޕީއެލް އިން އެ ސަރަހައްދުން ކަރަންޓާއި ފެނުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެ މަސައްކަތް ފެށީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ.
އެ ކުންފުނިން އާންމު ކުރި ބަޔާނުގައި ބުނެފައިވަނީ ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޕީއެލްގެ ކަމާ ގުޅުން ހުރި ޑިޕާޓްމަންޓްތަކުން ވަރަށް ބުރަ މަސައްކަތްކޮށްފައިވާ ކަމަށެވެ.
މިހާރު އޮޑިދޯނި ފަހަރަށް މި ލިބިގެންދާ ފަސޭހައާއެކު އޭ ޒޯން އިން އެއްފަހަރާ 48 އުޅަނދަށް ކަރަންޓު ފޯރުކޮށްދެވޭނެ ކަމަށާއި ފެން ފޯރުކޮށްދިނުމަށް 16 ޕޮއިންޓް ގާއިމްކޮށްފައިވާނެ ކަމަށެވެ.
މީގެ ކުރިން، މާލެ ނޯތު ހާބަރުގެ އޭ ޒޯން އިން ފެނާއި ކަރަންޓުގެ ހިދުމަތެއް ނުލިބެ އެވެ. މި ދެ ހިދުމަތްވެސް މީގެ ކުރިން ލިބެމުންދިޔައީ ބީ އަދި ސީ ޒޯން އިން އެކަންޏެވެ.
މި މަސައްކަތް ކުރިއަށް ދިޔައީ ބޮޑުތަކުރުފާނުގެ މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ސެގްމަންޓް ފުރިހަމަކޮށް ނޯތު ހާބަރު ސަރަހައްދު އަލުން ހުޅުވުމާއެކު ނޯތު ހާބަރު ހިދުމަތް ފުޅާކުރުމަށް ކުރި މަސައްކަތުގެ ތެރެއިންނެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން