-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ބަޑި ޖަހާފަ އޮތް ހަތިމް--
ބަޑި ޖަހާފައި އޮތް ހަތިމެއް ސްވިޑެންގެ މިސްކިތަކުން ފެނިއްޖެއެވެ.
ބޭރުގެ މީޑިއާއެއް ކަމަަށް ވާ "މުސްލިމް" އިން ބުނި ގޮތުގައި މި ހަތިމު ފެނިފައިވަނީ މި ހަފްތާ އާދިއްތަ ދުވަހު ސްވިޑެންގެ ސްޓޮކޯމްގެ މިސްކިތަކުންނެވެ. މި ހަތިމު ފެނުން އިރު ހަތިމް އޮތީ މިސްކިތުގެ ސިޑީގެ ރެއިލިންގައި ޗޭނުން އެލުވާފައެވެ. އަދި ހަތިމާ އެއްކޮށް އޮތް ނޯޓެއްގައި "ގެއަށް ދާންވި ވަގުތު އައިއްސި" ކަމަށް ލިޔެފައި އޮތެވެ.
މި ހަތިމުގައި ވަޒަން ޖަހާފަ ހުރި ހަ ލޯވަޅު އޮތް ކަމަށް ވެސް އެ މީޑިއާއިން ވަނީ ބުނެފައެވެ. އެ މީޑިއާއިން ބުނި ގޮތުގައި މިއީ މުސްލިމުންނާ ދެކޮޅަށް ހިންގި "ރޭސިޒަމް" ނުވަތަ ތަފާތުކުރުކުރުމުގެ އަމަލެކެވެ.
ސްޓޮކޯމް މޮސްކުގެ ޗެއާމަން މަހްމޫދް އަލް ހަލެފީ ވިދާޅުވި ގޮތުގައި މިފަދަ އިސްލާމަފޯބިކް ނުވަތަ މުސްލިމުންނަށް ތަފާތުކުރުމުގެ އަމަލުތައް ދުވަހަކަށް ވުރެ ދުވަހެއް އަންނަނީ އިތުރުވަމުންނެވެ.
މި މައްސަލަ މިހާރު ސްވިޑަންގެ ފުލުހުުން ބަލަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ހާދިސާގެ ސަބަބުން މުސްލިމުންގެ މުޖުތަމައުތެރޭގައި ވަރުގަދަ ރިއެކްޝަންތަކެއް ފެނުނު ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

4 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން
-dc6fa779.jpeg)
11 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން