-8402fff9.png)
ސައިފުﷲ އަލީ

ޖާގަ ތަނަވަސް އައު އިމާރާތަކާއެކު، މާލޭގެ މެދުގައި ހުންނަ މަސްޖިދު ޔޫސުފުލް ބަރުބަރީ އަލުން ހުޅުވައިފިއެވެ.
މިއަދުގެ އަސުރު ނަމާދަށް އެ މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. މިސްކިތް ހުޅުވައިދެއްވުމަށް ފަހު، ރައީސްވަނީ އެ މިސްކިތުގެ ޖަމާއަތުގައި އަސްރު ނަމާދުކުރައްވާފައެވެ. އަދި މިސްކިތުގެ އެކި ތަންތަން ބައްލަވާލައްވާފައެވެ.
އަމިއްލަ ފަރުދެއްގެ އެހީތެރިކަމާއެކު، އިމާރާތްކުރި މި މިސްކިތުގެ މަސައްކަތް ނިންމާލާފައި މިވަނީ އަހަރެއްހާ ދުވަސް ތެރޭގައެވެ. މަޖީދީމަގާއި، ރަށްދެބައިމަގު ގުޅޭ ކަންމަތީގައި ހުންނަ މި މިސްކިތުގެ އާ އިމާރާތުގައި އެއްފަހަރާ 1400 މީހުންނަށް ނަމާދުކުރެވޭނެއެވެ.
ރާއްޖެ އިސްލާމްކުރެއްވި ކަމަށް ތާރީޚުގައި ބަޔާންވެފައިވާ އައްޝައިޚް ޔޫސުފުލް ބަރުބަރީއަށް ނިސްބަތްކޮށް ނަންދީފައިވާ މި މިސްކިތް އެންމެ ފުރަތަމަ ހުޅުވާފައިވަނީ 1977ވަނަ އަހަރުއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން