-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

ޒަކާތު މަހާސިންތާގައި މިނިސްޓަރު ޝަހީމް ވާހަކަދައްކަވަނީ --
މިސްކިތްތަކުގައި ބަަހައްޓާފައި ހުރި ސުރުރާތައް ނެރެން މާލެ ސިޓީ ކައުންސިލުގައި އެދޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްުޓަރު ވިދާޅުވީ މިފަހަކަށް އައިސް ނަމާދު ކުރާއިރު ކުރިމަތީގައި ބެހެެއްޓުމަށްޓަކައި ސުތުރާގެ ނަމުގައި އެކި ސިފަ ސިފައިގެ ތަކެތި ހަދައިގެން މިސްކިތްތަކުގެ ތެރޭގައި ބަހައްޓައިގެން އުޅޭކަމަށެވެ. މިހެންވެ މި ގޮތަށް މިސްކިތްތަކުގެ ތެރެއަށް ވައްދައިގެން އުޅޭ ސާމާނުތައް މިސްކިތްތަކުން ނަގައިދިނުމަށް ސިޓީކައުންސިލުގައި އެދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ސަބަބަކީ އެއީ، ރަސޫލާގެ ޙަޔާތްޕުޅުގައި ވެސް އަޞްޙާބު ބޭކަލުންގެ ޙަޔާތްޕުޅުގައި ވެސް އަދި ހެޔޮކަންބޮޑުވެގެންވާ ތިން ޤަރުނުގައި ވެސް މިކަން ކޮށްފައިވާ ގޮތެއް ނޫން ކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
އަދި، ސުންނަތުގައި ވާރިދުވެފައިވާ ފަދައިން ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫން ވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ސުތުރާގެ ގޮތުގައި ބޭނުންކުރުމަށާއި، މި ގޮތަށް އަމަލުކުރުމުން ސީދާ ސުންނަތާ އެއް ގޮތަށް މިކަން ބަދަލުވެގެންދާނެ ކަމަށް ފެންނަ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
"ސުންނަތުގައި ބަޔާންވެގެންވާ ސުތުރާގެ މަފްހޫމާއި ޚިލާފު މިފަދަ ކަންކަން ފެތުރިގެން ދިއުމަކީ ރަނގަޅު ގޮތެއް ނޫން. މިސްކިތްތަކުގައި މިފަދަ ސުތުރާތައް ބެހެއްޓުމުގެ ބަދަލުގައި ސުންނަތުގައި ވާރިދުވެފައިވާ ގޮތަށް ޢަމަލުކުރުން މާ ރަނގަޅުވާނެ. އެއީ ތަނބެއް ނުވަތަ ފާރެއް ނުވަތަ އެނޫންވެސް އާންމު ބޭނުމަކަށް ހުންނަ އެއްޗެއް ބޭނުންކުރުން،" ޝަހީމް ވިދާޅުވި އެވެ.
ހަމައެހެންމެ، ބައެއް މިސްކިތްތަކުގެ ތެރޭގައި ގިނަ އަދަދަކަށް އެކި ޒާތްޒާތުގެ އަތަރުފުޅިތައް ވެސް ބަހައްޓާފައި ހުންނަތަން ވެސް ފެންނަކަމަށް ވިދާޅުވި އެވެ. އަދި ކޮންމެ ނަމާދަކަށް ސަފަށް އަރަންވީމާ އަތަރުލުމާއި ޖެހިގެން ހުރި މީހާގައިގައި ވެސް އަތަރު އުނގުޅުމަކީ މިހާރަކަށް އައިސް ފެންނަކަންކަން ކަމަށް ވިދާޅުވިއެވެ.
އެ ކަމަކީ ކޮންމެ ނަމާދަށް ފަށަން ސުންނަތުގައި އޮންނަ ކަމެއް ނޫން ކަމަށާއި، އޭގެ ބަދަލުގައި ގެއިން މިސްކިތަށް ދާއިރު ސާފުތާހިރުވެގެން ދިއުމަކީ ސުންނަތެއް ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ އަޅުކަމުގެ ކުރިން ހުވަނދުލުން ސައްހަ ސުންނަތުން ސާބިތުވާ ދެ މަގާމަކީ ހައްޖާއި އުމްރާއަށް އިހުރާމް ނިޔަތްގަތުމުގެ ކުރިންނާއި ހުކުރު ނަމާދަށް ދާއިރު ކަމަށެެވެ.
އެހެން ނޫނީ ވަކި އަޅުކަމަކާ ގުޅިގެން ކޮންމެ ފަހަރަކު އަތަރު ލުމެއް ސުންނަތުގައި ނޯންނަ ކަމަށާއި، ނަމަވެސް ކޮންމެހެން ވަކި ވަގުތަކާ ނުގުޅުވައި ދިރިއުޅުމުގައި ސާފުތާހިރުވުމާއި ޒީނަތުގެ ގޮތުން ހުވަނދުލުމަކީ ސުންނަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
-34a72873.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-b050656d.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-a5a9ecd5.png)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން
-7963d5ad.png)
3 މަސް ކުރިން