-8402fff9.png)

ހުޅުމާލޭގައި ހުންނަ އަޒީޒާ މިސްކިތަށް ރޭ ދަންވަރު ގެއްލުންދިން މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ, މި މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މައްސަލަ ރިޕޯޓުކުރީ ރޭ ދަންވަރު 3:47 ހާއިރު ކަމަށެވެ. ކަމާބެހޭ އިދާރާތަކާ ގުޅިގެން މިކަން ތަހުގީގުކުރުމުގެ މަސައްކަތް ކުރިއަށްގެންދާކަމަށް ފުލުހުން ބުންޏެވެ.
"މިގޮތުން ތުހުމަތުކުރެވޭ ފަރާތުގެ ހާލަތަށް ރިއާޔަތްކޮށް މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުން," ފުލުހުން ބުންޏެވެ.
މީގެކުރިން ވެސް މިސްކިތަށް ގެއްލުންދޭ މައްސަލަތައް ފެންމަތިވެއެވެ. މިމަހުގެ 22ވަނަ ދުވަހު ވަނީ މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ގެއްލުން ދިން މައްސަލައެއް ވެސް ފެންމަތިވެފައެވެ.
މިފަދަ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން މީގެކުރިން ހައްޔަރުކޮށްފައި ވެއެވެ.

ގާތްގަނޑަކަށް 1 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން
-dc6fa779.jpeg)
11 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން

12 މަސް ކުރިން