-8402fff9.png)

ފާޠިމަތު ހިބާ

މާލޭ ނޯތު ހާބަރު "ޒޯން އޭ"--ފޮޓޯ
މާލޭ ނޯތު ހާބަރުގެ އެއްގަމު ތޮށި (ޒޯން އޭ)ގައި އަޅާފައި ހުރި ކަނޑު އުޅަނދުފަހަރު ވަގުތީ ގޮތުން ޖެޓީ ނަންބަރު އެކަކަށް ބަދަލުކޮށްފިއެވެ.
މިއަދު އެމްޕީއެލް އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ވަގުތީ ގޮތުން މިއުޅަނދުތައް ބަދަލު ކުރީ މާލެ އުތުރުފަރާތު ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ފަށާފައިވާތީ ކަަމަށެވެ. އަދި ވަގުތީގޮތުން ގެނެވުނު މި ބަދަލަށް އަމަލުކުރާ ދުވަސްތަކުގައި ޖެޓީ ނަމްބަރު އެކެއްގެ ބޭނުން ހިފާ އެއްވެސް އުޅަނދަކަށް ފީއެއް ނުނަގާނެ ކަމަށް އެމްޕީއެލްއިން ބުނެފައިވެއެވެ.
ވަގުތީ ގޮތުން ޖެޓީ ނަންބަރު އެކެއް ބޭނުން ކުރަންޖެހޭ ގޮތްތަކުގެ ތެރޭގައި:
ވަކި ގޮތްތަކަށް އަމަލު ކުރުމަށް ހަމަޖެހިފައިވަނީ ހުރިހާ އުޅަނދަކަށްވެސް އިންސާފުވެރި ހަމަހަމަ އުސޫލަތަކަކުން އަމަލުތައް ބެހެއްޓުމުގެ މަގްސަދުގައިކަމަށް އެމްޕީއެލް އިން ބުނެއެވެ. އަދި އެ ސަރަހައްދުގެ ބޭނުންހިފާ އެއްވެސް ކަނޑު އުޅަދަކަށް ފީ ނުނަގާނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެފައިވެއެވެ.
މާލޭ ނޯތު ހާބަރުގެ"ޒޯން އޭ" އަށް ބަދަލު ގެނައި ނަމަވެސް "ޒޯން ބީ" އަދި "ޒޯ ން ސީ"ގެ ބޭނުންކުރާ އުޅަނދު ފަހަރުތައް ޢަމަލުކުރަންޖެހޭ އުސޫލުތަކަށް އެއްވެސް ބަދަލެއް ނުގެނެއެވެ.

22 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

4 މަސް ކުރިން
4 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން