-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސް ދޯންޏެއް --- މަސްވެރިން.އެމްވީ
އޮޑިދޯނިފަހަރަށް ހާއްސަ ފައިނޭންސް ސްކީމެއް އެސްއެމްއީ ޑިޖިޓަލް އިން މިއަދު ތައާރަފްކޮށްފިއެވެ.
ކުދި އަދި މެދުފަންތީފެވިޔަފާރިތަކަަށް ހާއްސަ މި ސްކީމް އިން ފަސް މިލިއަން ފުރިޔާއާއި ހަމައަށް ފައިސާ ދޫކުރެވޭނެ ކަމަށް އެސްއެމްއީއިން ބުންޏެވެ.
މި ސްކީމުގެ ދަށުން ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް އެންމެ ގިނަވެގެން 10 އަހަރުގެ މުއްދަތެއް ވިޔަފާރިވެރިންނަށް ދެވޭނެއެވެ. މި ސްކީމްއާއެކު 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ދެވޭނެއެވެ.
މިހާރު އެސްއެމްއީގެ ވެބްސްއިޓު މެދުވެރިކޮށް މި ސްކީމުްގެ ދަށުން ފައިނޭސިންގްއަށް އެޕްލައިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
"މި ފައިނޭންސިންގް އަކީ އޮޑިދޯނި ފަހަރުގެ ބެނުންކުރާ ވިޔަފާރިތަށް ކުރިއެރުވުމަށް ވަރަށް މުހިންމު ފިޔަވަޅެއް," އެމްއެސްއީގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
މި ސްކީމްގެ ދަށުން އޮޑިދޯނިފަހަރު ގަތުމާއި ހެދުމާއި މަރާމާތުކުރުަމަށް އިރުތު ފަސޭހަތަކެއް ލިބޭނެކަމަށް ވެސް ހަސަން ވިދާޅުވިއެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔާފާރިތަަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވުމަކީ އެސްއެމްއީ ޑިޖިޓަލްގެ މަގްސަދުކަމަށް ވެސް ފާހަގާކުރެއްވިއެވެ.

3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން