-8402fff9.png)

ފައިނޭންޝަލް އެކްސްޕޯ ހުޅުވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 ހުޅުވައިފި އެވެ.
އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި އެކްސްޕޯ ކުރިއަށް ދާނީ ޖުލައި މަހުގެ 2އިން ޖުލައި 4ގެ ނިޔަލަށެވެ. މި ދުވަސްތަކުގައި ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް އާންމުންނަށް އެކްސްޕޯއަށް ޒިޔާރަތްކުރެވޭނެ އެވެ.
މި އެކްސްޕޯ އަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިންތިޒާމު ކޮށްގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯއެކެވެ. މި އެކްސްޕޯއަކީ ނުވަ އަހަރަށްފަހު، ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރުގައި މަސައްކަތް ކުރައްވާ ފަރާތްތައް، އެއްތަނެއްގައި ބައްދަލުވެ ހިންގާ ހަރަކާތެކެވެ.
"އެމްޕަވަރިންގ ސަސްޓެއިނަބަމިލް ފިއުޗަރސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" މި ޝިއާރުގެ ދަށުން ބާއްވާ މި އެކްސްޕޯގައި ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ޚިދުމަތްދޭ ފަރާތްތަކާއި، ގާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ މުހިންމު އިދާރާތަކުން ބައިވެރިވާނެއެވެ.
މި އިވެންޓުގެ ޒަރީއާއިން އާންމުންނަށް ރާއްޖޭގެ ފައިނޭންޝަލް ނިޒާމުގައި ބައިވެރިވާ މުހިންމު މުއައްސަސާތަކާ ސީދާ ގުޅި، އެ ފަރާތްތަކުގެ ޚިދުމަތާއި މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެކްސްޕޯގައި މި ކަންކަމުގެ އިތުރުން ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެ އެވެ.
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން