-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

އިސްކަންދަރުގައި ވޯޓުލުން ކުރިއަށްދަނީ-- ފޮޓޯ: ނުކުތާ
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ކެނޑިޑޭޓުން ހޮވަން ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ބާއްވާ ޕްރައިމަރީގެ ވޯޓުލުން އޮމާންކަމާއެކު ކުރިއަށްދާ ކަމަށް އެޕާޓީން މިއަދު ބުނެއެފިއެވެ.
ޕީއެންސީ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 ވަނީ ފަށައިފައެވެ. ވޯޓުލުން ބަންދުވާނީ މިއަދު ހަވީރު 04:00 ގައެވެ.
ވޯޓުގެ ކަންކަން ކުރިއަށްދާ ގޮތާ ގުޅޭގޮތުން ޕީއެންސީގެ އޮފިޝަލަކު "ނުކުތާ"އަށް ވިދާޅުވި ގޮތުގައި، އަދި މިހާތަނަށް ވޯޓުލުމުގައި އެއްވެސް މައްސަލައެއް ނުޖެހި، ވޯޓުލުން ދަނީ ވަރަށް އަމާންކޮށެވެ.
"މުޅި ރާއްޖޭގައި ވެސް ބެހެއްޓި ހުރިހާ ފޮއްޓެއްގައި ވެސް ވޯޓުލުމުގެ ކަންތައް ފެށިގެން ކުރިއަށް އެބާ ދޭ. އެއްވެސް މައްސަލައެއް ނެތް. ވޯޓުލުން ކުރިއަށް ދަނީ ރަނގަޅަށް," ޕީއެންސީގެ އޮފިޝަލަކު ވިދާޅުއިއެވެ.
މި ޕްރައިމަރީގައި ޖުމުލަ 21,000 މީހުންނަށް ވޯޓުލުމަށް ހައްގު ލިބިފައިވެއެވެ. އަދި މުޅިއެކު 300 އަށްވުރެ ގިނަ ކެނޑިޑޭޓުން ވާދަކުރެއެވެ.
ވޯޓުގެ ދާއިމީ ނަތީޖާ ލިބޭނެ ސިދާ ވަގުތެއް އެ ޕާޓީއިން ބުނެފައި ނުވެއެވެ. ނަމަވެސް އެހާ ލަސް ނުވަނީސް ވަގުތީ ނަތީޖާ އިއުލާން ކުރެވޭނެ ކަމަށް އެ ޕާޓިއިން ވަނީ ބުނެފައެވެ.
މާލޭގައި ވޯޓުލުން ކުރިއަށް ދަނީ އިސްކަންދަރު ސްކޫލުގައެވެ. އަދި ހުޅުމާލޭގައި ވޯޓުލުން ރެހެންދީ ސްކޫލުގައި ކުރިޔަށްދާއިރު، ރަށްރަށުގައި ވޯޓުލަނީ އެރަށު ސްްކޫލުގައި ނޫނީ ސޯޝަލް ސެންޓަރެއްގައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން
2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން