-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް 5 މިލިއަން ރުފިޔާއާ ހަމައަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.
އެސްއެމްއީ ޑިޖިޓަލް އިން ދޫކުރާ މި ލޯނުތަކަކީ ގިނަވެގެން 10 އަހަރު ދުވަސްތެރޭ ދައްކަންޖެހޭ ލޯނުތަކެކެވެ. އަދި މި ލޯނުތަކުގައި ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ގިނަވެގެން އެއް އަހަރު ދެވޭނެއެވެ.
މީގެއިތުރުން ރަހުނަކާނުލާ އެއް މިލިއަން ރުފިޔާއާ ހަމައަށް މި ސްކީމުގެ ދަށުން ލޯނު ދޫކުރެވޭނެއެވެ.
"ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގް މެދުވެރިކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެ ފަރާތުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް ކަނޑައަޅާފައިވާ ލަނޑުދަނޑިަތަކަށް ވާސިލްވުމަށް ބޮޑު މާލީ އެހީތެރިކަމެއް ލިބިގެނަދާނެ," އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ.
މި ސްކީމުގެ މަގުސަދަކީ ވިޔަފާރި އިތުރު ދާއިރާތަކަށް ފުޅާކުރުމާއި ވިޔަފާރިތައް އިތުރަށް ފުޅާކުރުމަށް އައު އައުޓްލެޓްތައް ހުލުވުމަށް މަގުފަހިކޮށްދިނުމެވެ. އަދި އުފެއްދުންތެރިކަން އިތުރުކުރުމަށް ހަރުމުދާ ގަތުަމާށް އެހީތެރިވުން ވެސް ހިމެނެއެވެ.
ލޯނަށް އެދި އެޕްލިކޭޝަން ހުށަހެޅޭނީ އެސްއެމްއީގެ ވެބްސައިޓު މެދުވެރިކޮށެވެ.
އެސްއެމްއީ ޑިޖިޓަލްއިން އޮޑިދޯނިފަހަރަށް ހާއްސަ ފައިނޭންސް ސްކީމެއް ވެސް މިދިޔަ މަހު 25 ގައި ތައާރަފްކޮށްފައެވެ.

3 މަސް ކުރިން
3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން