-8402fff9.png)

ފާޠިމަތު ހިބާ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)އަށް ލިބެންޖެހޭ ފައިސާ ނުލިބޭތީ އެކުންފުނިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ވެމްކޯއިން އެ ކުންފުނީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާނުކުރާ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ. އެގޮތުން 2024 ވަނަ އަހަރުން ފެށިގެން 20 މިލިއަން ރުފިޔާ ޕެންޝަނުގެ ގޮތުގައި ޖަމާކުރަންޖެހޭކަމަށް އެ ކުންފުނީގެ އޮފިޝަލަކު މީގެ ކުރިން ވިދާޅުވެފައިވެއެވެ.
އެކަމާއި ގުޅިގެން އެ ކުންފުނިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި އެތަނުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތް ދެމުން ގެންދަނީ އެ ކޯޕަރޭޝަނަށް އާމްދަނީގެ ގޮތުގައި ލިބޭ ފައިސާގެ އިތުރުން ސަރުކާރުގެ ސަބްސިޑީގެ ގޮތުގައި ލިބޭ މާލީ އެހީތެރިކަމާ އެކުގައެވެ.
އެހެން ނަމަވެސް އެކި ފަރާތްތަކުން އެ ކުންފުނިން ހޯދި ޚިދުމަތްތަކަށް ފައިސާ ލިބުމުގައި ދަތިތަކެއް ހުރިކަމަށާއި، އެގޮތުން މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނުން ހޯދައިފައިވާ ޚިދުމަތްތަކަށް ދައްކަންޖެހޭ 98 މިލިއަން ރުފިޔާ އަދިވެސް ނުލިބޭކަން އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އަދި މި ފައިސާ ހޯދަން 2024 ވަނަ އަހަރާއި މިދިޔަ އަހަރުވެސް އެކި ފަހަރުމަތިން މާލެ ސިޓީ ކައުންސިލާ ބައްދަލުކޮށްފައިވާކަން ވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
އެ ކުންފުނިން ބުނީ، އެ ކުންފުނީގެ މުވައްޒަފުންނަށް ލިބެންޖެހޭ އާމްދަނީ ބަރާބަރަށް ލިބިލިބި ހުރުމަކީ މުހިންމު ކަމަކަށްވާތީ ނުލިބި ހުރި ފައިސާ ހޯދައި ދިނުމުގައި ިނިސްޓްރީ އޮފް ފިނޭންސްގެ އެހީތެރިކަމަށް ވެސް އަދިފައިވާނެކަމަށެވެ.
އަދި މިހާރުވެސް މިކަމާ ގުޅޭ މަޝްވަރާތަށް ކުރަމުން އަންނަކަން ވެސް ވެމްކޯއިން ފާހަގަކޮށްފައިވެއެވެ.

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-8960dcf8.jpg)
4 މަސް ކުރިން
-3ad3813c.jpeg)
4 މަސް ކުރިން
-eb088e61.png)
4 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން