-8402fff9.png)
ސައިފުﷲ އަލީ
-3ad3813c.jpeg)
ހުޅުމާލޭގައި ކުނި މެނޭޖްކުރުމުގައި ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވެމްކޯއަށް ވަގުތީ ބިމެއް ހަވާލުކޮށްފިއެވެ.
މި ފިޔަވަޅަކީ ކުނި އުކާލުމުގެ އޮޕަރޭޝަންތައް ހަލުވިކޮށް، ދިމާވެފައިވާ ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މިކަމާ ގުޅޭގޮތުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ އަލީ ވިދާޅުވީ، މިއީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އިސްނަންގަވައިގެން، އެޗްޑީސީން ފޯރުކޮށްދިން ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. މި ބިމުގެ ސަބަބުން ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށާއި، ކުނި އުކާލުމުގެ އޮޕަރޭޝަންތައް އިތުރަށް ހަރުދަނާކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކަށް ބުރޫއެރީ ތިލަފުށީގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެންނެވެ. އެ ހާދިސާގައި ސައިޓުގެ ބައެއް ސަރަހައްދުތަކަށް ލިބުނު ގެއްލުންތަކާ ހުރެ އެތަން ބަންދުކުރަން ޖެހުމުން، މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ ކުނި ބަލައިގަންނަ މިންވަރު މަދުކުރަން ވެމްކޯއަށް މަޖުބޫރުވިއެވެ. މީގެ ސަބަބުން ކުނި އުފުލާ ސައިޓުތަކުގެ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.
ތިލަފުށީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މުޖުތަބާ ވިދާޅުވީ، އެ ކުންފުނިން ކުނި ނައްތާލުމުގެ މަސައްކަތް ކުރަނީ ބާވަތްތަކަށް ވަކިކޮށްގެން ކަމަށެވެ. އެގޮތުން ކުނިވާ ޒާތުގެ ކުންޏާއި، ފަންކުނޑި އަދި ގްރީން ވޭސްޓް ވަކިން ބަހައްޓައިގެން މަސައްކަތް ކުރަމުން ދަނިކޮށް، އަލިފާން ރޯވީ ހުޅުހިފާ ޒާތުގެ ކުނިތަކެއް ހުރި ސަރަހައްދުގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި އާ ބިން ލިބުމާއެކު، މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލު ލިބި، ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް އަވަސްވެގެންދާނެ ކަމަށް ވެމްކޯއިން އުންމީދު ކުރެއެވެ.

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-8960dcf8.jpg)
4 މަސް ކުރިން
-eb088e61.png)
4 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން

10 މަސް ކުރިން