-8402fff9.png)
މިންހާ އަބްދުالله
-eb088e61.png)
ކުނބުރުދޫ ގޮނޑުދޮށުން ފެންނަ ކުނި / ފޮޓޯ: ސޯޝަލް މީޑިޔާ
ކ. ތިލަފުށީ ވެމްކޯ ކުނި ސައިޓެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެނދި ކުނިތައް ހދ. ކުނބުރުދޫއަށް ގެންދަން ނިންމާފައިވާތީ އެކަމާ ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލަން ފަށައިފި އެވެ.
ކުނބުރުދޫއާ ކައިރީ އޮންނަ ކުރިނބީ ކައުންސިލްގެ ރައީސް އަލީ ވިސާމް އަދި ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފްގެ އިތުރުން އާންމު ރައްޔިތުންވެސް އަންނަނީ އެކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
މޭޔަރު އާތިފް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ އަތުން ނަގަމުންދާ ޓެކްސް ފައިސާއިން މާލެ ކައިރީގައި އެތައް ފަޅެއް ހިއްކަމުންދާއިރު ގުދުރަތީގޮތުން ހެދިފައި އޮންނަ ރީތި ރަށަކަށް ކުނިތައް ގެނައުން ބަލައިނުގަނެވޭ ކަމަށް އާތިފް ވިދާޅުވި އެވެ.
އެ ސަރަހައްދުގެ ރަސްތަކުގެ ކުނި ކުނބުރުދޫއަށް ޖަމާ ކުރަމުންދާތީ އެކަމަށް އިޝާރާތްކުރައްވައި އެ ސަރަހައްދުގެ ކުނި ގެންދަން ވެސް އެންމެ ރަނގަޅު ރަށަކީ ކުނބުރުދޫ ކަމަށް ދެކިނުލައްވާ ކަމަށް ވިދާޅުވި އެވެ.
އެ ސަރަހައްދުގެ ރަށްތަކުގެ ކުނިތައް ކުނބުރުދޫއަށް ގެންދަން ނިންމުމުން ވެސް ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފަ އެވެ.
ކުރިނބީ ކައުންސިލްގެ ރައީސް އަލީ ވިސާމް ވިދާޅުވީ ކުރިނބީއަކީ ކުނބުރުދޫއާ އެންމެ 1.7 މޭލު ދުރުގައި އޮންނަ ރަށެއް ކަމަށެވެ. ކުނބުރުދޫއަށް ޖަމާކުރާ ކުނީގެ ސަބަބުން މެއްސާއި މަދިރީގެ އުނދަގުލާއި ދުވާ ނުބައި ވަހުގެ އުނދަގޫ އުފުލަން ބޭނުންނުވާ ކަމަށާއި ކުނި އަޅަން މި ނޫން ރަށެއް ސަރުކާރުން ހޯދަންޖެހޭ ކަމަށް ވިސާމް ވިދާޅުވި އެވެ.
ވިސާމް ވަނީ ކުރިނބީ ރައްޔިތުންގެ ހައްގުތަކަށް އިހްތިރާމް ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
ސޯޝަލް މީޑިޔާގައި މީހުން ހިއްސާކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި އެރަށުގެ ގޮނޑުދޮށުން މެޑިކަލް ވޭސްޓް ވެސް ފެންނަމުންދާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ސިރިންޖް އަދި ލޭ ހުރި ވެކިއުޓަނަރސް އެ ރަށުގެ ގޮނޑުދޮށުން ފެންނަ ކަމަށް މީހުން ހިއްސާކޮށްފައިވެ އެވެ.
ކުނބުރުދޫއަކީ ކުނި ޓްރާންސްފަރ ކުރާ ރަށެއްގެ ގޮތުގައި ހަމަޖެއްސިނަމަވެސް މިހާރު ފެންނަނީ އެ ރަށް ކުނި ޖަމާކޮށް ދެވަނަ ތިލަފުއްޓަކަށް ހަދާ މަންޒަރުކަމަށާއި ހދ އަތޮޅުގެ މެދުގައި އޮތް ރީތި ރަށެއް ކުނި އަޅާ ރަށެއްގެ ބަދަލުގައި ރީތި ޕިކްނިކް ރަށެއްގެ ގޮތުގައި މި ރަށް ކަނޑައެޅުން މާ ރަނގަޅުވާނެކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައިވެ އެވެ.

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-8960dcf8.jpg)
4 މަސް ކުރިން
-3ad3813c.jpeg)
4 މަސް ކުރިން
4 މަސް ކުރިން
-9a4ee2ee.jpg)
5 މަސް ކުރިން

6 މަސް ކުރިން