-8402fff9.png)
ސައިފުﷲ އަލީ

ވެސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލު ވިދާޅުވީ ހުޅުމާލޭގެ ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމަކީ އެ ކޯޕަރޭޝަނުގެ ޒިންމާއެއް ނޫން ކަމަށާއި، ނަމަވެސް ރައްޔިތުންގެ ސަލާމަތާއި ފައިދާއަށްޓަކައި ހަފުތާއަކު ތިން ދުވަހު ފަޅުތެރެއިން ކުނި ނަގައި ސާފުކުރުމުގެ މަސައްކަތް ވެމްކޯއިން ކުރަމުންދާ ކަމަށެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މުޖުތަބާ ވިދާޅުވީ، ހުޅުމާލޭ ފަޅުތެރެއަށް ކުނި އެޅުމާ ވެމްކޯއާ މާބޮޑު ގުޅުމެއް ނެތްކަން އެ ފަޅުގައި އަޅާފައިވާ ސަފާރީތަކުގެ ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. ފަޅުތެރެއިން ގިނައިން ފެންނަނީ އުކާލާފައި ހުންނަ ޕްލާސްޓިކް ފުޅި ކަމަށްވާއިރު، އެ ފުޅިތަކަކީ ހުޅުމާލެއިން ޕާލޭ އަދި މޮޕާ ފަދަ ޖަމިއްޔާތަކުން ވަރަށް ޒިންމާދާރުކަމާއެކު ނެޓް ދާގަނޑާއި ޖަމްބޯ ކޮތަޅުގައި އެއްކުރާ ތަކެތި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި އެ ޖަމިއްޔާތަކުން ޕްލާސްޓިކް ފުޅި ނަގަނީ ފިއްތާލުމަށްފަހު ކަމަށްވިޔަސް، ހުޅުމާލެ ފަޅުތެރެއިން ފެންނަ ފުޅިތައް ހުންނަނީ ނުފިއްތާ ހުރިގޮތަށް އުކާލާފައި ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
މުޖުތަބާ އިތުރަށް ވިދާޅުވީ، އެއްވެސް ސަފާރީއަކުން ސީދާ ވެމްކޯގެ ސައިޓަށް ކުނި ނުގެންދާ ކަމަށާއި، އެހެންކަމުން އެ އުޅަނދުފަހަރުގެ ކުނިތައް ދަނީ ކޮންތާކަށްތޯ ބަލަންޖެހޭ ކަމަށެވެ. ހުޅުމާލޭ ފަޅުތެރެ ސާފުކުރުމަކީ ވެމްކޯގެ ގާނޫނީ ޒިންމާއަކަށް ނުވިނަމަވެސް، ވެމްކޯއިން ހާއްސަ ޑިންގީއެއް ބާއްވައިގެން ހަފުތާއަކު ތިން ދުވަހު ފަޅުތެރެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަން އޭނާ ހާމަކުރެއްވި އެވެ.
މި މަސައްކަތުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ފުރިހަމަ އެއްބާރުލުން ވެމްކޯއަށް ލިބެމުންދާކަން ފާހަގަކުރައްވައި، މުޖުތަބާ ވިދާޅުވީ ދެ ކުންފުނި ގުޅިގެން ފަޅުތެރެ ސާފުކުރުމުގެ ގުޅިފައިވާ ހާއްސަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި މިކަމުގައި އެންމެ ބޮޑު ޒިންމާއެއް އޮތީ ފަޅު ބޭނުންކުރާ ފަރާތްތަކަށް ކަމަށާއި، ވެމްކޯއާ މެދު ސުވާލު އުފައްދާ ފަރާތްތަކުން މި ހަގީގަތްތަކަށް ވިސްނާލުން މުހިންމު ކަމަށްވެސް އޭނާގެ ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

3 މަސް ކުރިން
-cababfdb.jpg)
4 މަސް ކުރިން

4 މަސް ކުރިން
-8960dcf8.jpg)
4 މަސް ކުރިން
-3ad3813c.jpeg)
4 މަސް ކުރިން
-eb088e61.png)
4 މަސް ކުރިން

7 މަސް ކުރިން

9 މަސް ކުރިން