-8402fff9.png)

ފާޠިމަތު ހިބާ

އަހްމަދު ސަލީމް ލިޔުއްވި ފޮތް ރައީސަށް ހަދިޔާ ކުރެއްވުމުގެ ތެރެއިން--ފޮޓޯ/ރައީސް އޮފސް
އެޗްއާރްސީއެމްގެ ފުރަތަމަ ރައީސް އަޙްމަދު ސަލީމް ލިޔުއްވި ''އެޗްއާރު.ސީއެމް ގެ ހަނދާންތައް'' ފޮތް ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ހަދިޔާ ކުރައްވައިފިއެވެ.
މި ފޮތް ހަދިޔާކޮށްފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ މި ފޮތް އިފްތިތާހުކޮށްދެއްވާފައެވެ.
މި ފޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އުފެދިގެން އައި ގޮތާއި، ރާއްޖޭގެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސްކަމުގައި ހޭދަކުރެއްވި ފަސް އަހަރުގެ ތަޖުރިބާތަކާއި، ރާއްޖެ ޑިމޮކްރަސީ ނިޒާމަށް ބަދަލުވި ތާރީޚީ މުހިންމު ދަނޑިވަޅުގައި ހިނގާފައިވާ ކަންތައްތަކުގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ.
ރާއްޖޭގަ ފުރަތަމަ ފަހަރަށް ހިއުމަން ރައިޓްސް ކޮމިޝަނެއް އުފެއްދިފައިވަނީ ރައީސްގެ ހާއްސަ ގަރާރަކުން 2003 ވަނަ އަހަރުއެެވެ. އެ ކޮމިޝަނަށް ޢައްޔަން ކުރެއްވި މެންބަރުންގެ ތެރޭގައި އަޙްމަދު ސަލީމް ހިމެނެއެވެ.
މިހާރު ޢަމަލުކުރަމުންގެންދާ 2008ވަނަ އަހަރު ތަޞްދީޤު ކުރެވުނު ޤާނޫނުއަސާސީގެ ދަށުން އެކުލަވައިލެވުނު ހިއުމަން ރައިޓްސް ކޮމިޝަންގެ ފުރަތަމަ ރައީސަކީވެސް އަޙްމަދު ސަލީމެވެ.

15 ދުވަސް ކުރިން

25 ދުވަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
3 މަސް ކުރިން