-8402fff9.png)
އައިޝަތު ހިދާޔާ

އައްޑޫ ސިޓީ ފޭދޫ ސްކޫލުން ކުރިއަށް ގެންދިޔަ ކެޑޭޓު ކޭމްޕެއްގައި ބައިވެރިވި ދަރިވަރުން ކާނާ ވިހަވި މައްސަލަ ހައްސާސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)އިން ގޮވައިލައިފިއެވެ.
ކެޑޭޓު ކޭމްޕުގެ ދަރިވަރުން ކާނާ ވިހަވިމައްސަލަ ފެންމަތިވީ އިއްޔެއެވެ. ކަނަ ވިހަވުމުގެ ސަބަބުން 30 ކުދިން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައި ވެއެވެ. މީގެތެރެއިން މިހާރު ވެސް ބައެއް ދަރިވަރުން އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
މިކަމާ ގުޅިގެން އެޗްއާރުސީއެމްއިން ބުނީ, މިއީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މި މައްސަލަ ކޮމިޝަނުން މޮނީޓާ ކުރާކަމަށް އެ ކޮމިޝަނުް ބުންޏެވެ.
"މިކަން ހިގާދިޔަ ގޮތް ޙައްސާސް މައްސަލައެއްގެ ގޮތުގައި ތަޙްޤީގުކުރައްވާ، މިބާވަތުގެ ކަންކަން ތަކުރާރު ނުވާނޭ ގޮތެއްގެ މަތިން ކަންކަން ބައްޓަން ކުރައްވާ ބަލަހައްޓަވަމުން ގެންދެވުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލަމެވެ," އެޗްއާރުސީއެމްއިން ބުންޏެވެ.
މައުލޫމާތު ލިނިފައިވާގޮތުގައި ކާނާ ވިހަވީ އެ ސްކޫލުގެ ގްރޭޑް 7 އަދި 8ގެ ދަރިވަރުންތަކެކެވެ. މިކުދިންނަށް ފަރުވާދެނީ ބޭރަށް ހިންގުމާއި ހޮޑުލުންފަދަ އަލާމާތްތައް ކޭމްޕުގައި ތިއްބައި ފެނުމުންނެވެ.
މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކެޑޭޓާއި ސްކައުޓް ކޭމްޕުތައް ބާއްވަމުންނެވެ.

ގާތްގަނޑަކަށް 2 މަސް ކުރިން
3 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން
%20(1)-dd5ca670.png)
10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން