-8402fff9.png)
އައިޝަތު ހިދާޔާ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ހުސްވެފައިވާ މެމްބަރުކަމަށް ޝަމްއޫން ހަމީދު މިއަދު އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް އޭނާ އައްޔަން ކުރެއްވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޝަމްއޫން ހަމީދު ވަނީ، ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. އޭނާއަށް މެމްބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑޮކްޓަރު މުހައްމަދު އިބްރާހީމްއެވެ.
އަދި، މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް ވަނީ ޝަމްއޫން ހަމީދާ ހަވާލުކުރައްވާފައެވެ.
ޝަމްއޫން މި މަގާމަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ އޮގަސްޓް މަހުގެ 26ވަނަ ދުވަހުއެވެ. ޝަމްއޫނަށް ރުހުން ދޭން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެން މެމްބަރުންގެ އިއްތިފާގުންނެވެ.
ޝަމްއޫން ވަނީ 2010 އިން 2012 އަށް އެޗްއާރުސީއެމްގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަގާމާއި، 2012 އިން 2016 އަށް އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ.
އަދި ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) ރިޕޯޓު ކުރުމުގައި ކޮމިޝަނުގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމުގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން ކުރިއަށްގެންދިޔަ ގައުމީ ފެންވަރުގެ ދިރާސާތަކުގައި ޝަމްއޫން ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
ޝަމްއޫން އެންމެފަހުން އަދާކުރެއްވި ވަޒީފާއަކީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ޕާމެނެންޓް ސެކްރެޓަރީގެ މަގާމެވެ.

3 މަސް ކުރިން
3 މަސް ކުރިން

8 މަސް ކުރިން

10 މަސް ކުރިން
%20(1)-dd5ca670.png)
10 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން