-8402fff9.png)

ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ބޭއްވި "ތިނަދޫ ބުކްފެއާ 2026" ކާމިޔާބު ކަމާއެކު ބާއްވާ ނިންމާލައިފިއެވެ.
ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ އަދި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ތިނަދޫ ކެމްޕަސް ގުޅިގެން މިދިޔަ މަހުގެ 30އިން 31 އަށް ކުރިއަށް ގެންދިޔަ ތިނަދޫ ބުކްފެއާ އަށް ވަނީ އާންމުންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބިފައެވެ.
ތިނަދޫގެ އަށް ލިޔުންތެރިންގެ ފޮތްތަކަކާއި އަދި ދެ ބުކްޝޮޕް މި ފެއާގައި ބައިވެރިވެފަވެއެވެ. މިފެއާގެ ގްރޭންޑް ލަކީ ޑްރޯގެ އެއްވަަނައަށް 5000 ރުފިޔާ، ދެވަނައަށް 3000 ރުފިޔާ އަދި ތިންވަނައަށް 1500 ރުފިޔާ ވަނީ ހުށައަޅާފައެވެ.
މިފެއާގައި ތަފާތު ކަމެއްގެ ގޮތުން "ކެންވާ" އެޕްލިކޭޝަން މެދުވެރިކޮށް ފޮތް ތައްޔާރުކޮށް އުފެއްދުމުގެ ސެޝަންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ތިނަދޫ ކެމްޕަސް އިން ބުނި ގޮތުގައި ތިނަދޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ގުޅިގެން ބޭއްވި މިފެއާއިން ދައްކުވައިދިނޫ ތިނަދޫއިން އިލްމާއި ތަޢުލީމާއި އުފެއްދުންތެރިކަމުން ރައްޔިތުން ބާރުވެރިކުރުމަށް އެއްބާރުލުން ދޭކަމެވެ.

8 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-c0e2fff8.jpg)
3 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން
-b3adc397.jpg)
9 މަސް ކުރިން

12 މަސް ކުރިން