-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

މީގެ ކުރިން ބޭއްވި އިންތިހާބެއްގެ ތެރެއިން ---
ކައުންސިލު އިންތިހާބުގެ އިދާރީ ދާއިރާތަކަށް ގެނެވުނު އައު ބަދަލުތަކުގެ ވަގުތީ މައުލޫމާތު އިލެކްޝަން ކޮމިޝަނުން އާންމުކޮށްފިއެވެ.
ކައުންސިލު އިންތިހާބުގެ އިދާރީ ދާއިރާތަކަށް ގެނެވުނު އައު ބަދަލާއި އެކު އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ ތިނަދޫ ސިޓީ ކައުންސިލަށެވެ. ސަބަބަކީ ތިނަދޫ އަށް މީގެ ކުރިން އިންތިހާބުކުރެވުނީ ރަށު ކައުންސިލަކަށް ވެފައި، ސިޓީއެއްގެ ދަރަޖައަށް ތިނަދޫ ބަދަލުކުރެވުނު ފަހުން ސިޓީ ކައުންސިލަށް އިންތިހާބުކުރެވޭ ފުރަތަމަ ސިޓީ ކައުންސިލަށް އަންނަ ސިޓީ ކައުންސިލު ވާނެތީއެވެ.
އެހެންކަމުން އޭރު ތިނަދޫގެ ކައުންސިލަށް މެންބަރުން ހޮވައިފައިވަނީ ރަށު ކައުންސިލު މެންބަރުންގެ ގޮތުގައެވެ. އަދި ސިޓީ ކައުންސިލަކަށް ބަދަލުވުމުން ވެސް އެ މެންބަރު ތިބީ ތިނަދޫގެ ވަކި އިދާރީ ދާއިރާއަކަށް ނިސްބަތްނުވާ، ތިނަދޫ ސިޓީ ކައުންސިލުން ގޮތުގައެވެ. ނަމަވެސް މި ގެނުވުނު ބަދަލާއި އެކު ތިނަދޫ ސިޓީ ކައުންސިލަށް ދެން މެންބަރުން އިންތިހާބުކުރާނީ ރަށުގެ އެކި ދާއިރާ ތަކަށެވެ.
އެހެންކަމުން ގާނޫނުގައި ވާ ގޮތުން ތިނަދޫ ސިޓީއަށް އިންތިހާބު ކުރެވޭނީ ކައުންސިލުގެ މޭޔަރާއި، އަންހެން މެންބަރު ހިމެނޭ ގޮތަށް ހަތް ގޮނޑިއެވެ. އަދި މި ގާނޫނުގެ ދަށުން ތިނަދޫ ސިޓީ ކައުންސިލަށް އިންތިހާބުކުރާ ހަ މެންބަރުންގެ ތެރޭގައި ދެ އަންހެން މެންބަރުން ހިމެނެންޖެހޭނެއެވެ.
އެގޮތުން މޭޔަރު ނުލައި ތިނަދޫ ސިޓީއަށް މެންބަރުން އައްޔަނުކުރާ ދާއިރާތަކަކީ:
މީގެ އިތުރުން އެންމެ ބޮޑު ބަދަލެއް އައިސްފައިވަނީ އައްޑޫ ސިޓީއިން ވަކިވި މީދޫ އާއި ހުޅުދޫގެ ސަބަބުން އައްޑޫ ސިޓީއަށެވެ. މި ބަދަލާއި އެކު ގާނޫނުގައި ވާ ގޮތުން އައްޑޫ ސިޓީއަށް އިންތިހާބު ކުރެވޭނީ ކައުންސިލުގެ މޭޔަރާއި، އަންހެން މެންބަރުން ހިމެނޭ ގޮތަށް 11 ގޮނޑިއެވެ. އަދި މި ގާނޫނުގެ ދަށުން އައްޑޫ ސިޓީ ކައުންސިލަށް އިންތިހާބުކުރާ 10 މެންބަރުންގެ ތެރޭގައި ހަތަރު އަންހެން މެންބަރުން ހިމެނެންޖެހޭނެއެވެ.
އެގޮތުން މިހާރު އައްޑޫ ސިޓީ ކައުންސިލުގައި ހިމެނޭނީ އައްޑޫ އަތޮޅު ހިތަދުއާއި، މަރަދުއާއި، މަރަދޫފޭދުއާއި، ފޭދޫއެވެ. އަދި މީދުއާއި ހުޅުދޫއަށް އައްޔަނުކުރާނީ ރަށު ކައުންސިލުތަކެވެ.
އިލެކްޝަނުން ވަނީ ދާއިރާތަކުގެ މައުލޫމާތާއި ގުޅިގެން ޝަކުވާއެއްވާނަމަ، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.

3 ދުވަސް ކުރިން

8 ދުވަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން
-fae7d00d.jpeg)
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން
-c0e2fff8.jpg)
3 މަސް ކުރިން