-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ސަރަހައްދުގެ އެއާލައިންތަކުގެ ދަތުރުތަކަށް ބުރޫ އަރާފައިވާތީ، ރާއްޖެއަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި އިތުރު އެއާލައިންތައް ގެނައުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، އެ ސަރަޙައްދުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގުތިސާދާ ސީދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.
މި ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި، ކަމާގުޅޭ ގައުމީ އަދި ބައިނަލްއަގުވާމީ އިދާރާތަކާ ގުޅިގެން މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވެއެވެ. މީގެ ބޭނުމަކީ ދަތުރުފަތުރުގެ ނިޒާމަށް އަތުވެދާނެ ލޮޅުންތަކުން ސަލާމަތްވުމެވެ.
ހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން މިހާރު މަޝްވަރާ ކުރަމުންދަނީ ދެކުނު އިރުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތައް ރާއްޖެއަށް ގެނައުމަށެވެ.
މިނިސްޓްރީން އިތުރަށް ބުނިގޮތުގައި، މި މަސައްކަތުގެ އެންމެ އިސް އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިންގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެދާނެ ދަތިތައް ވީހާވެސް ބޮޑަށް ކުޑަކުރުމެވެ.
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން