-8402fff9.png)
އައިޝަތު ހިދާޔާ

ޓްރާންސްޕޯޓް މިނިސްޓްރީގެ އަމާޒަކީ އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ލޭންޑް ޓްރާންސްޕޯޓާ ގުޅޭ ހުރިހާ ޚިދުމަތެއް ޑިޖިޓަލައިޒްކޮށް ނިންމުން ކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ, މިނިސްޓްރީން ފޯރުކޮށްދޭ ދަތުރުފަތުރުގެ ޚިދުމަތްތަކަށް ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު އެދެވޭނެކަމަށެވެ. ނަމަވެސް, މިހާރު ބޭނުންކުރާ ސިސްޓަމަށްވުރެ ލުއިފަސޭހަ ޒަމާނީ ސިސްޓަމެއް ވަންގަވް މެދުވެރިކޮށް ގާއިމްކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަދި ވަންގަވްއަށް ޓްރާންސްޕޯޓުގެ ޚިދުމަތްތައް ބަދަލުވުމުން ރައްޔިތުންނަށް ކުރިމަތިވާ ދަތިތައް އިރާދަކުރެއްވިއްޔާ ފިލައިގެންގޮސް, ދާއިމީ ހައްލެއް ލިބޭނެ," މިނިސްޓަރު ވިދާޅުވިއެވެ.
އެހެން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ, އަމާޒަކީ ލޭންޑް ޓްރާންސްޕޯޓުގެ ހުރިހާ ޚިދުމަތްތަކެއް އޮގްސްޓް މަސް ނިމުމުގެ ކުރިން ޑިޖިޓަލައިޒް ކުރުން ކަމަށެވެ. އަދި މިކަމުގެ ސީދާ ތަސައްވުރެއް އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރު ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑުއަމާޒެކެވެ.
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން