-8402fff9.png)
އައިޝަތު ހިދާޔާ

މިއަހަރު މިހާތަނަށް މާލެއަށް ރަޖިސްޓްރީކުރި ސައިކަލުގެ އަދަދު 5965އަށް އަރާފައިވާކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގައި ބާރަށު ދާއިރާގެ މެމްބަރު އިބްރާހީމް ޝުޖާއު ވަނީ 2018ވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާ ހަމައަށް މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްފައި ވަނީ ކިހާ ވެހިކަލެއްތޯ ސުވާލުކުރައްވާފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ, މިއަހަރު މާލެއަށް 5965 ސައިކަލު ރަޖިސްޓްރީކޮށްފައި ވާކަމަށެވެ. އަދި 2025ވަނަ އަހަރު މާލެ ސަރަހައްދަށް ރަޖިސްޓްރީކުރި ސައިކަލުގެ އަދަދަކީ 11,338 ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"2024ވަނަ އަހަރު 11,822," މިނިސްޓަރު ވިދާޅުވިއެވެ.
މި މުއްދަތުގައި މާލޭ ސަރަހައްދަށް ރަޖިސްޓްރީކުރި ކާރާއި ޕިކަޕު ފަދަ ވެހިކަލްތަކުގެ އަދަދު މިނިސްޓަރު ހާމައެއް ނުކުރައްވައެވެ.
މާލޭގައި އުޅަނދުތައް ގިނަވެ މަގުތައް ތޮއްޖެހޭ މައްސަލައަކީ އެންމެ ބޮޑު އެއް މައްސަލައެވެެ. މިކަމުގެ ޝަކުވާ ކޮންމެވެސް ވަރަކަށް މިނިސްޓްރީއަށް ވެސް ހުށަހަޅާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އެނގިވަޑައިގަންނަވާނެ މާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެއް ވައުދުފުޅު. ޗައިނާގެ އެހީތެރިކަމާއެކު މުޅި މާލޭގެ ހުރިހާ މަގުތަކެއް ތަރައްގީވެގެން އަންނައިރު ވަރަށް ބޮޑެތި ހައްލުތަކެއް މިކަމަށް ލިބޭނެކަމަށް ޔަގީންކުރަން," މަގުތައް ތޮއްޖެހުން ހައްލުކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ މި މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުންކަމަށެވެ. އެގޮތުން ޕާކިންގެ މައްސަލަ ވެސް ހައްލުކޮށް ޓްރެފިކް މައްސަލަތައް ވެސް ހައްލުކުރަން ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭގައި ދުއްވޭނެކަމަށް ކަނޑައަޅަން ފެންނަ އުޅަނދުގެ އަދަދާގުޅޭގޮތުން މިދިޔަ އަހަރު އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ކުރި ދިރާސާއެއްގައި ވަނީ, ދުއްވޭނެކަމަށް ކަނޑައަޅަން ފެންނަ އަދަދަށްވުރެ އިތުރަށް 30,000 ވެހިކަލް މިހާރު ވެސް މާލޭގައި ދުއްވާކަމަށް ދައްކާފައެވެ.
މާލޭގައި ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ "އާބަން މޮބިލިޓީ ސާވޭ" ގެ ޑޭޓާ އެއްކުރުމުގެ މަސައްކަތް މިދިޔަ އަންގާރަ ދުވަހު ކައުންސިލުން ވަނީ ފަށައިފައެވެ.
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން
-0f281ac4.jpg)
6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން