-8402fff9.png)
މިރާޝް މޫސާ

ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުލެނިކޮށް ގެއްލުނު އިގުބާލު --
ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލުނު އެ ރަށު މުހައްމަދު އިގުބާލު މިއަދު ފެނިއްޖެއެވެ.
ފުލުހުން ބުނި ގޮތުގައި އިގުބާލު ފެނިފައިވަނީ ވާދޫން އޭނާ ހޯދަން ނުކުތް ބަޔަކަށެވެ. އަދި ފެނުނުއިރު އޭނާގެ ހާލު ރަނގަޅުކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި، އިގުބާލު ފެނުނީ އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި ޑިންގީ އައްސައިގެން އޮއްވައެވެ.
ފުލުހުން ރޭ ބުނީ އިގުބާލް ކަނޑުމައްޗަށް ނުކުތީ އިއްޔެގެ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަނި ކަމަށެވެ. އޭނާ ދަތުރަށް ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ރޭ ބުންޏެވެ.

22 ދުވަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން

12 މަސް ކުރިން