-8402fff9.png)

އަޙްމަދު ޝާބިން

މޯލްޑިވްސް ޒަކާތު ހައުސްއިން މިއަދު ގޮވާމުގެ ބާވަތްތަކުން ޒަކާތް ބަލައިގަންނަން ފަށައިފިއެވެ. މިއަދު ބަލައިގަންނަން ފަށާފައިވަނީ މާލެ ސަރަހައްދުން އެކަންޏެވެ.
މިގޮތުން ޒަކާތް ބަލައިގަތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހަފްތާގެ ބުދަ ދުވަހުގެ ނިޔަލަށެވެ.
ޒަކާތު ހައުސްއިން ބުނާގޮތުގައި މިއަދާއި މާދަމާ ޒަކާތް ބަލައިގަންނާނީ ހެނދުނު 10:00 އިން 12:00 އަށް ކަމަށާއި އެއަށްފަހު ބުދަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ 10:00 އިން 12:00 އަށް އަދި 13:00 އިން 15:00 އަށެވެ.
ފިތުރު ޒަކާތުގެ ގޮތުގައި ދައްކަނީ އެ ބަޔަކު އާންމު ގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް، 2.4 ކިލޯގެ މިންވަރެވެ.
ޒަކާތުގެ ގޮތުގައި ބަލައިގަތުމަށް ހަމަޖެހިފައިވަނީ އާދައިގެ ހަނޑޫ، ތައިލެންޑް ހަނޑޫ، ބާސްމަތީ ހަނޑޫ، ރަތް ހަނޑޫ އަދި ގޮދަން ފުށެވެ. މީޔާއެކު އޮންލައިން ކޮށްވެސް ޒަކާތްދެއްކުމަށް ހަތް ޕްލެޓްފޯމެއް ޒަކާތު ހައުސް އިންވަނީ ހަމަޖައްސާފައެވެ.
-8af30958.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން