-8402fff9.png)
ފާތިމަތު މިޝްކާ

މާލީ ގާބިލުކަން ނެތް ތެލެސީމިއާ ހަ ކުއްޖަކަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި ޒަކާތު ފަންޑުގެ އެހީގައި އިންޑިއާއަށް ފޮނުވަން ނިންމައިފިއެވެ.
މާލީ ގޮތުން ދަތިކަން ހުރި ތެލެސީމިއާ ހަ ކުއްޖަކަށް ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ހާމަކޮށްފައެވެ. މިއީ މިއަހަރުގެ ތެރޭގައި ރާއްޖެއިން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ކުދިންގެ ފުރަތަމަ ގްރޫޕެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، މި ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފުރާނީ އިންޑިއާއަށެވެ. މިއީ މިއަހަރު ފަރުވާ ހޯދަން ފުރާ ފުރަތަމަ ކުދިންކަމަށްވާއިރު، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ނިމުމުން އިތުރު ހަތަރު ކުއްޖަކު ވެސް ފަރުވާއަށް ފުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ޒަކާތު ފަންޑުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޝަރުތު ހަމަވާ ކުދިންގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި، ފާއިތުވި މަހު އެ ފަންޑުން ވަނީ 2.5 މިލިއަން ރުފިޔާ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވާފައެވެ. މި އެހީތެރިކަން ފޯރުކޮށްދެމުން އަންނަނީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު އިސްލާމިކް މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީއާ ދެމެދު ވެވިފައިވާ ހާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ އަހަރަކުވެސް ޒަކާތު ފަންޑުގެ ހަރަދުގައި 10 ކުއްޖެއްގެ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާނެއެވެ.
މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް އެހީވުމުގެ ގޮތުން ޒަކާތު ފަންޑުން ވަނީ 23 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައެވެ. އަދި އޭގެ ކުރިން 2014 ވަނަ އަހަރުން ފެށިގެންވެސް އެކި ފަހަރު މަތިން މި ފަންޑުގެ އެހީގައި މި ފަރުވާ ހޯދުމަށް ގިނަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.
-8af30958.jpg)
ގާތްގަނޑަކަށް 2 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން